ތައިލޭންޑުގެ ބެންކޮކްގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަލާލް ކާބޯތަކެތީގެ މަޢުރަޒެއްގައި މިފްކޯއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތައިލޭންޑުގެ ބެންކޮކްގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަލާލް ކާބޯތަކެތީގެ މަޢުރަޒެއްގައި މިފްކޯއިން ބައިވެރިވެއްޖެ

ތައިލޭންޑުގެ ބެންކޮކްގައި ބާއްވާ ދުނިޔޭގެ ފެންވަރުގެ ބޮޑު ހަލާލް ކާބޯތަކެތީގެ މަޢުރަޒެއްގައި މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ. މި މަޢުރަޒުގައި މިފްކޯއިން ބައިވެރިވެފައިވަނީ ތައިލޭންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެކުގައެވެ.

މި މަޢުރަޒުގައި ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުފެއްދުންތަކާއި، ދިވެހި މަހުގެ ޚާއްޞަ ރަހަތައް ބައިނަލްއަޤްވާމީ ބާޒާރަށް ތަޢާރަފްކޮށް ދައްކާލުމެވެ. މީގެ އިތުރުން، މިފްކޯއިން އުއްމީދު ކުރަނީ މި ހަރަކާތުގެ ސަބަބުން އައު ވިޔަފާރީގެ ފުރުސަތުތައް ފަހިވެ، ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިފްކޯއިން މިހާރުވެސް ތައިލޭންޑަށް ގިނަ އަދަދަކަށް ރޯމަސް ބޭރުކުރަމުންދެއެވެ. ނަމަވެސް، މިފަހަރުގެ މަޢުރަޒުގައި އެ ކުންފުނިން ޚާއްޞަ އިސްކަމެއް ދެނީ އަގު އެއްކުރި ނުވަތަ "ވެލިއު އެޑަޑް" އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓުގައި ޕްރޮމޯޓް ކުރުމަށެވެ.

މި މަޢުރަޒަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ވަރަށް ބޮޑު ހަރަކާތެކެވެ. އެގޮތުން ދުނިޔޭގެ 70 އަށް ވުރެ ގިނަ ޤައުމުން މަންދޫބުން މި މަޢުރަޒުގައި ބައިވެރިވާއިރު، މަޢުރަޒު ކުރިއަށްދާ މުއްދަތުގައި 12,000 އާއި 15,000 އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރާތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

މިއަދު އޮންލައިން