ލ. ހިތަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓުގެ އައު ޖެންސެޓެއް އިންސްޓޯލްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ލ. ހިތަދޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 600 ކިލޯވޯޓުގެ އައު ޖެންސެޓެއް އިންސްޓޯލްކޮށްފި

ލ. ހިތަދޫގައި ބޭނުންކުރަމުންދިޔަ 600 ކިލޯވޯޓުގެ ޖެންސެޓަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑުމަށްފަހު، މައްސަލަ ދާއިމީކޮށް ހައްލުކުރުމަށްޓަކައި 600 ކިލޯވޯޓުގެ މުޅިން އައު ޖެންސެޓެއް އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

އިއްޔެ ހަވީރު ހިތަދޫން ކަރަންޓު ކެނޑުނު ނަމަވެސް، ފެނަކަ ކޯޕަރޭޝަނުން ވަނީ ކަރަންޓު ކެނޑުނުތާ 15 މިނެޓު ތެރޭގައި، ރަށުގައި ބާކީ ހުރި އިންޖީނުތައް ބޭނުންކޮށްގެން ރަށުގެ އެކި ސަރަހައްދުތަކަށް ވަގުތީ ގޮތުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރަށަށް ގެނެވުނު އައު ޖެންސެޓް އިންސްޓޯލްކޮށް ނިމުމާއެކު، މިހާރު މުޅި ރަށަށް ވަނީ ފުރިހަމައަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައެވެ. މިއީ އެ ރަށުގެ ކަރަންޓުގެ ނެޓްވޯކް ވަރުގަދަކޮށް، ރައްޔިތުންނަށް ދަތިނުވާނެހެން ޚިދުމަތް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނި ގޮތުގައި، މިއީ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. އައު ޖެންސެޓާއެކު ހިތަދޫގެ ކަރަންޓުގެ ޚިދުމަތަށް އިތުރު އިތުބާރާއި ޔަގީންކަން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން