"ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
"ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ދޭ 'ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް' އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، މި ދާއިރާއިން ޤާބިލު ތަރިކަވެރިން ބިނާކުރުމުގެ މަޤްޞަދުގައި ހުޅުވާލެވުނު ފުރުސަތެކެވެ.

މި ސްކޮލަރޝިޕަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން (އައިޔޫއެމް) 'މާސްޓަރ އިން ރިސާރޗް އެންޑް ޕަބްލިކޭޝަންސް' ހާސިލުކުރެވޭ ގޮތަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ދޭ ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ދިރާސާ ކުރާނެ ވަކި މައުޟޫޢުތަކެއް ކަނޑައަޅާނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޮންމެ މަހަކު ދިރާސާ ކަރުދާހެއް ތައްޔާރުކުރުމާއި، މި ދާއިރާގެ މައިގަނޑު ފޮތެއް ދިވެހިބަހަށް ތަރުޖަމާކުރުން ހިމެނެއެވެ. މިއީ ދިވެހި ތަރިކައާ ގުޅޭ ދިރާސީ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ދިވެހިބަހުން ހުރި ދިރާސީ ލިޔުންތައް އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ކޯސް ފުރިހަމަކުރާ ފަރާތްތަކުން ކޯސް ނިންމުމަށްފަހު، މަދުވެގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ތަރިކައިގެ ދާއިރާއަށް ޚިދުމަތްކުރުމަށް ވަނީ ޝަރުތުކޮށްފައެވެ. މިއީ ދިރާސާވެރިންގެ ޢިލްމާއި ހުނަރުގެ ފައިދާ ސީދާ ދާއިރާއަށް ލިބޭނެކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ޝައުޤުވެރިވާ ފަރާތްތަކުން ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ހުށަހެޅުންތައް ހުށަހެޅުމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއަދު އޮންލައިން