ތަރުކާރީއާއި މޭވާއާއި އަދި އެނޫންވެސް ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި އެތެރެކޮށް ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާ އުފަންވެލި ޝޮޕްތަކުން ކުރިއަށް އޮތް 3 ދުވަހު ޚާއްޞަ ޕްރަމޯޝަނެއް ކުރިއަށް ގެންދާނެއެވެ.
މިޕްރަމޯޝަނުގައި:
900 ގްރާމްގެ ކުކުކުޅެއް ވިއްކާނީ 52 ރުފިޔާއަށެވެ. 10 ކުކުޅުގެ ކޭހެއް ވިއްކާނީ 468 ރުފިޔާއަށެވެ.
1000 ގްރާމްގެ ކުކުކުޅެއް ވިއްކާނީ 54 ރުފިޔާއަށެވެ. 10 ކުކުޅުގެ ކޭހެއް ވިއްކާނީ 520 ރުފިޔާއަށެވެ.
1200ގްރާމްގެ ކުކުކުޅެއް ވިއްކާނީ 64 ރުފިޔާއަށެވެ. 10 ކުކުޅުގެ ކޭހެއް ވިއްކާނީ 612 ރުފިޔާއަށެވެ.
1400 ގްރާމްގެ ކުކުކުޅެއް ވިއްކާނީ 74 ރުފިޔާއަށެވެ. 10 ކުކުޅުގެ ކޭހެއް ވިއްކާނީ 714ރުފިޔާއަށެވެ.
ބަރަބޯކިލޯއެއް 10 ރުފިޔާއަށް އަދި ބަސްތާއެއް 170 ރުފިޔާއަށެވެ.
ފްރެންޗް ފްރައިސް 1 ކިލޯގެ ޕެކެޓެއް 15 ރުފިޔާއަށް އަދި 10 ކިލޯގެ ޕެކެޓެއް 120 ރުފިޔާއަށެވެ.
ފްރެންޗް ފްރައިސް 2.5 ކިލޯގެ ޕެކެޓެއް 30 ރުފިޔާއަށް އަދި 4 ކިލޯގެ ޕެކެޓެއް 120 ރުފިޔާއަށެވެ.
ފިޔާކިލޯއެއް 10 ރުފިޔާއަށް އަދި ބަސްތާއެއް 250 ރުފިޔާއަށެވެ.
ލުނބޯ ކިލޯއެއް 30 ރުފިޔާއަށް އަދި 8 ކިލޯގެ ކޭހެއް 200 ރުފިޔާއަށެވެ.
ފެހި މޭބިސްކަދުރު ކިލޯއެއް 150 ރުފިޔާއަށް އަދި 5 ކިލޯގެ ކޭހެއް 600 ރުފިޔާއަށެވެ.
މެންޑަރިން ކިލޯއެއް 30 ރުފިޔާއަށް އަދި 8 ކިލޯގެ ކޭހެއް 230 ރުފިޔާއަށެވެ.
ރަތް އާފަލެއް 5 ރުފިޔާއަށް އަދި ކޭހެއް 600 ރުފިޔާއަށެވެ.
މިބާވަތްތަކުގެ އިތުރަށް ކާށްޓެއް 8 ރުފިޔާއަށް ވިއްކާނެއެވެ.
އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނީ މިޕަރްމޯޝަން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން 3 ދުވަހަށް (ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ.
ޕްރަމޯޝަންގައި ނުހިމަނާ ގިނަ ބާވަތްތަލެއްވެސް އޔފަންވެލި ޝޮޕްތަކުން ގެންދަނީ ރީޓޭލްކޮށް އަދި ހޯލްސޭލްކޮށް ހެޔޮ އަގުތަކުގައި ވިއްކަމުންނެވެ.
