އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މިއަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިއުލާނުކޮށްފިއެވެ.
މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 އޮގަސްޓް 2026ގައި ކ. މާފުށީގައެވެ.
ރަޖިސްޓްރޭޝަން ހުޅުވޭ ދުވަސް: 14 ޖުލައި 2026
ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 21 ޖުލައި 2025، 23:59
ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމް ( ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރާލާ
ކޮންމެ މަސް ރޭހެއްގައިވެސް މުޅިއަކު 43،000ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި
ޗެމްޕިއަން ޓީމް: 25000ރ
ދެވަނަ ޓީމް: 10000ރ
ތިންވަނަ ޓީމް: 5000ރ
އަދި އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000 ރުފިޔާގެ އިނާމު ދެވިގެން ދާނެއެވެ.
އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑު ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2026 ގައި އެންމެ ގިނަވެގެން20 ޓީމު ވާދަކުރާނެ އެވެ. 20 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާ ނަމަ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދެވޭނެއެވެ. އުރީދޫ މަސްރޭސް 2026 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.