އެލިއާ އާއި އެމްއައިޓީ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ތަމްރީން ޕްރޮގްރާމް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
އެލިއާ އާއި އެމްއައިޓީ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް ތަމްރީން ޕްރޮގްރާމް ފަށައިފި

އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކަނޑު އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމްގެ 12 ވަނަ ބުރު ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ރިސޯޓުތަކާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުން ޖުމްލަ 48 ބައިވެރިން ބައިވެރިވެފައިވެއެވެ. މިއީ ކަނޑުމަތީގެ ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް އެލިއާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންގެ ފަންނީ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމުގެ ދަށުން ނޭވިގޭޝަން ޗާޓު ބެލުމުގެ ހުނަރުތަކާއި، ސޭފްޓީ ޕްރޮޓޮކޯލްތަކަށް އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދެވޭނެއެވެ. މީގެ އިތުރުން، ކަނޑުމަތީގައި ދިމާވާ ކުއްލި ޞިއްޙީ ޙާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ފުރަތަމަ އެހީ ދޭނެ ގޮތްތައް ބައިވެރިންނަށް އުނގަންނައިދެވޭނެއެވެ.

ކެޕްޓަނުންނަށް ދެވޭ މި ތަމްރީނުގައި އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި، އިންޖީނަށް ދިމާވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމުގެ ފަންނީ މައުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ކަނޑު އުޅަނދުފަހަރުގައި ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށާއި، އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަންތައްވެސް މި ޕްރޮގްރާމުގެ ތެރޭގައި ކުރިއަށްދާނެއެވެ.

މިއަދު އޮންލައިން