މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި ޔޫއޭއީ އެމްބަސީއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއާއި ޔޫއޭއީ އެމްބަސީއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފި

ހަކަތައާއި ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު ފާއިޒް އަދި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ދިވެހިރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޝާޜޭ ޑި އެފެއާޒް ހީބާ އަލްޖުނައިބީއާ ދެމެދުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދެ ގައުމުގެ ދެމެދުގައި ހަކަތައިގެ ދާއިރާއިންނާއި، ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންނެވެ. އަދި މި ދާއިރާތަކުން ފަންނީ އެހީތެރިކަން ހޯދުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ގުޅުން އައު ހިސާބަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމަށްވެސް އަލިއަޅުވާލާފައިވެއެވެ.

މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ. ޔޫއޭއީއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، މި ބައްދަލުވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ތިމާވެށީގެ ދާއިރާއިން އިތުރު މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން