100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ހުޅުމާލޭގައި ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ހުޅުމާލޭގައި ގާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ހުޅުމާލޭގައި 100 މެޓްރިކްސް ޓަނުގެ ކަންނެލި ބަންދު ކުރާނެ ފެކްޓަރީއެއް ގާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު އިއުލާނު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫއު 18 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމަވާނެ ކަމަށެވެ. މެންބަރު މައުރޫފް ވަނީ ހުޅުމާލޭގައި ކަންނެލި ފެކްޓަރީ އަޅަން ފަށާނެ ތާރީޚަކާއި، ސަރުކާރުގެ ވައުދާ އެއްގޮތަށް 80 ރުފިޔާއަށް ކަންނެލި ގަންނަން ފެށޭނެ ދުވަހަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ.

ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މި ފެކްޓަރީއަކީ ކަންނެލި މަސްވެރިން ސަރުކާރުގައި އެންމެ ބޮޑަށް އެދެމުން އަންނަ އެއް ކަންތަކެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއީ ކަންނެލި މަސްވެރިންނަށް ހަގީގަތުގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް އެދެމުން އަންނަ ކަންތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަންތަށް. އެކަމާއި ގުޅިފައި އޮބޮތް ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް ވެސް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ކަންނެލި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ބޮޑު ލުޔެއް ލިބި، މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ކުރާ މަސައްކަތަށް ބާރަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން