މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ގުރޫޕުގެ އެއްވަނައަށް ނާލި އެކްސްޗޭންޖުން

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ގުރޫޕުގެ އެއްވަނައަށް ނާލި އެކްސްޗޭންޖުން

މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި މީޓިއޮސް ބަލިކޮށް، ގުރޫޕުގެ އެއްވަނަ މަގާމު ނާލި އެކްސްޗޭންޖުން ކަށަވަރުކޮށްފިއެވެ. މި މެޗު ކުޅެވިފައިވަނީ މާފަންނަ އެއްނަންބަރު ކުރިކެޓް ދަނޑުގައެވެ.

ފޯރިގަދަ ކުޅުމަކަށްފަހު ނާލި އެކްސްޗޭންޖުން މެޗު ކާމިޔާބުކުރީ 9 ލަނޑުގެ ތަފާތުންނެވެ. މެޗުގެ ގުރުދިމާވުމުން މީޓިއޮސް ޓީމުން ގަސްތުކުރީ ފުރަތަމަ ހޮވުމަށެވެ.

ނާލި އެކްސްޗޭންޖުން ފުރަތަމަ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 117 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ބޯޅައިން 20 ލަނޑު އެއްކުރި އިބްރާހިމް އަލީ އެވެ.

ޖަވާބުގައި މީޓިއޮސް ކުޅެން އަރައި 8 އޯވަރު ހަމަވިއިރު 2 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 108 ލަނޑެވެ. އެޓީމަށް އެންމެ ގިނަ ލަނޑު ހޯދައިދިނީ 19 ބޯޅައިން 34 ލަނޑު ހެދި ހުސެއިން ޝަހުބާޒް އެވެ.

މި މޮޅާއެކު ނާލި އެކްސްޗޭންޖުން ވަނީ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވަރުގަދަ ނަތީޖާއެއް ދައްކައި، ތާވަލުގެ ކުރި ހޯދާފައެވެ.

މިއަދު އޮންލައިން