މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖު ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 48ސ
މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖު ފަށައިފި

ރަމަޟާންމަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިއަށްގެންދާ މައިލޯ ރަމަޟާން ހާފްކޯޓް ޗެލެންޖު ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ ނެޓްބޯޅަ ކޯޓުގައެވެ.

މިއީ މި މުބާރާތް ބާއްވާ 4 ވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 20 ޓީމަކުން ވާދަކުރެއެވެ. މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ޖޫނިއާ، ސީނިއާ އަދި އޯޕަން ކެޓަގަރީއެވެ. މުޅި މުބާރާތުގައި 77 އަށްވުރެ ގިނަ މެޗުތައް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.

މި މުބާރާތަކީ އެކަޑަމީތަކަށާއި ވަކިވަކި ޓީމުތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ރޭގަނޑެއްގެ 09:30 އިން ފެށިގެން 11:15 އާ ހަމައަށެވެ.

ޖުމްލަ 10 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތުގެ ކުޅުން މި ހިނގާ މާރިޗު މަހުގެ 23 ވަނަ ދުވަހު ފަށާފައިވާއިރު، މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހަށެވެ.

މިއަދު އޮންލައިން