ދުނިޔޭގެ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ދުނިޔޭގެ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް ފަށައިފި

ދުނިޔޭގެ އަށް ގައުމަކުން 347 ކުޅުންތެރިން ބައިވެރިވާ ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2025 އިއްޔެ ކުޅިވަރު އެކުވެނީގައި ރަސްމީކޮށް ފަށައިފިއެވެ.

މި މުބާރާތަކީ ދަ ބެޑްމިންޓަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ބައިނަލްއަގުވާމީ 30 ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދާނީ މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ޖުމުލަ 733 މެޗު ކުޅޭނެއެވެ. އަދި މިއީ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިންނަށް އެ ކުދިންގެ ހުނަރާއި ޤާބިލުކަން ދައްކާލުމުގެ ރަނގަޅު ފުރުސަތެކެވެ.

މި މުބާރާތުގެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުންނަށް ވެސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވުމެވެ. މިއީ މި ފަދަ ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތެއް ކަމުގައި ބެލެވެއެވެ.

ދިރާގުން މި މުބާރާތް ސްޕޮންސަރ ކުރަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެ ކުންފުނިން ދެމުންގެންދާ އެހީތެރިކަމުގެ ދަށުންނެވެ.

މި މުބާރާތާއެކު ރާއްޖޭގެ ބެޑްމިންޓަން ކުޅުމުގެ ފެންވަރު މަތިވެ، ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކުރެވޭ ކުޅުންތެރިން އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން