ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައިވެސް އޮތް އެންމެ ބޮޑު އެއްމައްސަލައެވެ. ޚާއްޞަކޮށް މާލެސިޓީގެ ސަރަޙައްދަށް އެންމެ ބޮޑުވެފައިވާ މައްސަލައެވެ.
މިމައްސަލަ މިހައި ބޮޑުވެފައިމިވަނީ ބޯހިޔާވަހިކަން ބޭނުންވާ ޢަދަދަށް ފޯރުކޮސްނުދެވި ގިނަ އަހަރުތަކެއް ފާއިތުވެގެން ދިއުމެވެ. ރައީސް ޑރ. މުޙައްމަދު ގެންދަވަނީ އެކަމަށް ވަރަށް ބޮޑުސަމާލުކަމެއް، މިހައިތަނަށް އެއްވެސް ވެރިކަމަކުން ދީފައިނުވާވަރަށް ސަމާލުކަން ދެއްވައިގެން އެކަމަށް މަސައްކަތްކުރައްވަމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން
އެހެންވެގެން އަޅުގަނޑު ވަޢުދުވީ، ގެދޮރުވެރިކަން އެއީ، އެންމެ މުހިންމު، ކުރިން ދެންނެވި މިނިވަންކަމާއި ސިޔާދަތު ޔަޤީންކުރުމަށްފަހު، އަޅުގަނޑު އެންމެ އިސްކަންދޭނެ ކަންތަކޭ. އަބަދުވެސް މި ދަންނަވަނީ އެހެން. ގެދޮރުވެރިކަމަށް އަޅުގަނޑު އެންމެ އިސްކަން ދޭނެ ވާހަކަ އަޅުގަނޑު އަބަދުވެސް ދަންނަވަން.
އާދެ، އަޅުގަނޑުމެން މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓް ބައްލަވާ! އެ ބަޖެޓަށް އަޅުގަނޑު ކިޔަނީވެސް "ބޯހިޔާވަހ ކަމުގެ ބަޖެޓް." ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް، އެންމެގިނަ ޢަދަދު، ބޯހިޔާވަހިކަން ޔަޤީންކުރުމަށް. އެއީ، ސަބަބެއް އޮތީމަ. މި އަންނަ އަހަރު މި ހުށަހަޅަނީ. އެންމެ ގިނަ ޢަދަދު. އެއީ، ޢަމަލީ މަޝްރޫޢުތައް ހިންގުމަށް 1500 މިލިއަން ރުފިޔާ، 1.5 ބިލިއަން ރުފިޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރުއެޅުމަށް ހިމަނާފައި ވާނެ.
ގެދޮރުއެޅުމަށް. ހަމައެއާއެކުގައި، އިހަށްދުވަހު މި ލޯންޗްކުރި، މިހާރު ތިޔަބޭފުޅުންނަށް އެޕްލައި ކުރެއްވޭ، ފަސް ޕަސެންޓް ސަރވިސް ޗާޖަށްވުރެ ބޮޑުނޫން ހައުސިންގ ލޯނު. އެއީ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ލޯން ސްކީމެއް، ޝަރީޢާ ކޮމްޕްލެއިންޓް ލޯން ސްކީމެއް އެއީ. ފަސް ޕަސެންޓަށްވުރެ ބޮޑުނޫން ސަރވިސް ޗާޖެއް ހިމެނޭ. ޢާންމުކޮށް ބޭންކްތަކުން ދިހަ ބާރަ ޕަސެންޓްގައި ހުންނަނީ. މި ލޯން ސްކީމަށް އެކަނި، މި އަންނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ބަޖެޓުގައި، އެއްހާސް މިލިއަން ރުފިޔާ، އެއް ބިލިއަން ރުފިޔާ ހިމެނިފައި ވާނެ. އެހެންވީމާ، އެއް ބިލިއަން ރުފިޔާގެ މި ލޯން ސްކީމް، އިފެކްޓިވްލީ ބޭންކްތަކުން އެ ލޯނު ލިބިގެންދާއިރުގައި، ޙަޤީޤަތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު، މި އަންނަ އަހަރުވެސް ތިޔަބޭފުޅުންނަށް ނެންގެވޭނެ. އެއީ، އިންޓްރެސްޓް ރޭޓް، ނޫނީވިއްޔާ ސަރވިސް ޗާޖްގެ ޑިފަރެންސް އަޅުގަނޑުމެން ބޭންކްތަކަށް ޕޭކުރާ ނިޒާމެއްވީމަ.
އެހެންވީމާ، ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ލޯނު، އެއީ، އަލަށް ގޯތީގައި ގެދޮރުއެޅުމަށާއި، ހަދަން ފަށައި ނުނިމިހުރި ގެ ހެދުމަށާއި، އަދި އުޅެމުންދާ ގެ ބާވެގެން މަރާމާތުކޮށްލުމަށް ވިޔަސް، މި ތިން ބާވަތަށްވެސް ލޯނު ނެގޭނެ މިއިން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް. ކުޑަ އާބާދީއަކަށްވިޔަސް، ބޮޑު އާބާދީއަކަށްވިޔަސް، އެ ކަނޑައެޅިފައި އޮތް އުޞޫލުން، ކަނޑައެޅިފައި އޮތް ލެވެލްއަކަށް ލޯނު ނެގޭނެ. މާލޭގައި ވިއްޔާ، ޢާއިލާ ބަހާލާފައި އޮތީމަ، ގޯތި އެއްކޮށްލައިގެންވެސް، ދިހަ މިލިއަނާ ހަމަޔަށް، ބައެއް ބޭފުޅުންނަށް ލޯނު ނެންގެވޭނެ.
އެހެންވީމާ، މި ލޯން ސްކީމަށްވެސް މިވަނީ އެއްހާސް މިލިއަން ހިމަނާފައި. މިއީ ރަނުގެ ފުރުޞަތެއް، ގެދޮރުވެރިކަން ޔަޤީންކުރުމަށް، މާލޭގެ ރައްޔިތުންވެސް އަދި ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންވެސް. ގެދޮރުވެރިކަމުގެ ލޯން ސްކީމާއި، މި ދެންނެވި ގެދޮރުއެޅުމަށް ހިމެނި 1.5 ބިލިއަނާ އެކީގައި، 2.5 ބިލިއަން ރުފިޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ. އަޅުގަނޑުމެން މަޑުކުރާކަށް ބޭނުމެއް ނޫން، 2028 އަންނަންވާއިރަށް، އިންތިޚާބު ގާތްވީމާ، އެހެންޏާ ކަންތައްވާހެން އިންތިޚާބެއް ކައިރިވީމާ، ރައްޔިތުންގެ ބޯހިޔާވަހިކަން މަތިން ހަނދާންކުރާކަށް.
އަޅުގަނޑުމެން މިހާރު މި ތަންފީޛުކޮށް ނިމެނީ، އަޅުގަނޑުމެންގެ އެއްވެސް ބާރެއް އޮވެގެން ހެދި ބަޖެޓެއް ނޫން. އަޅުގަނޑުމެން އެދުނު ކަމެއްވެސް ހިމަނާފައި އޮތީކީ ނޫން ބުނިގޮތަކަށް. އަޅުގަނޑުމެންގެ އަމިއްލަ ބާރާއެކީގައި ހަދާ ފުރަތަމަ ބަޖެޓުވެސް މިއޮތީ ޚާއްޞަކޮށްފައި ބޯހިޔާވަހިކަމަށް. އެހެންވީމާ، އަޅުގަނޑު ވަޢުދުވީ ގޮތަށް، ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހި ރައްޔިތުން ދެކޭތަން.
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން