ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ފައިދާއެއް ލިބުމަށް ނުއެދޭ ސިޔާސީ ވެރީން އެބަތިބި ކަމަށާއި އެފަދަ މީހުން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތަނުގައި އިތުރަށް ފެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަދި "މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!" ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ސަރުކާރުގެ ސަބްސިޑީ ޙައްޤުނުވާ ތަނަވަސް މީހުންނަށް ދެމުން އައި ބައެއްވާވަތުގެ ސަބްސިޑީ ދިނުން ހުއްޓާލުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ވަޤުތެއްގައެވެ. މީގެ އިތުރުން ތަނަވަސްކަން ހުރި އެތައް ބައަކު ސަރުކާރަށް ދައްކަންޖެހޭ ގިނަ ޢަދަދެއްގެ ފައިސާތައް ނުދައްކައި ހުރުމުން އެފައިސާ ހޯދަން ސަރުކާރުން މަސައްކަތްކުރާ ވަޤުތެއްގައެވެ.
ނިމިގެންދިއަ އެމްޑީޕީގެ ވެރިކަމުގައި އެމީހަކަށް ބޭނެން އޮތް ދިމާއަކުން އަތްބާނައި ދައުލަތުގެ ޚަޒާނާ ކަހާލާފައިވާތީ އެހާލަތުން އަރައިގަތުމަށް މިސަރުކާރުން އަޅަމުން އަންނަ އިޤްޠިޞާދީ ފިޔަވަޅުތަކަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންނަނީ ތަޢްރީފްކުރަމުންނެވެ.
"ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!"
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!
— Dr Mohamed Muizzu (@MMuizzu) November 14, 2024