އަންނަ އަހަރު، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 47ސ
އަންނަ އަހަރު، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވައިފި

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުން، ސިފައިންގޭގެ އެއްގަމުގެ ބާރަށްވެސް ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން ކޮށްދޭން ނިންމައި ފަށާފައި ވާނީ. ހަތިޔާރު ހޯދައި، އެކިއެކި އާލާތްތައް ހޯދަންޖެހޭ. މިހާރުވެސް އެކުވެރި ބައެއް ދައުލަތްތަކާ އެކީގައި ވަނީ މަސައްކަތްތަކެއް ފެށިފައި. އެގޮތުން ލިބޭ ހިލޭއެހީ ލިބިގެންދާނެ. އޭގެއިތުރަށްވެސް، ހަތިޔާރާއި އާލާތްތައް ގަތުމަށްޓަކައި މިހާރު ހުށަހެޅިފައި އޮތް ބަޖެޓުގެ ތެރެއިން ވާނީ ވަކި ޢަދަދެއް ކަނޑައަޅާފައި. އަޅުގަނޑު ދޭ އުފާވެރި ޚަބަރަކީ، މި އަންނަ އަހަރުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ބޭނުންވާ ހަތިޔާރާއި އާލާތްތަކުގެ ބޮޑު ޢަދަދެއް އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. 

- ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން