ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިބަސްފުޅާއިއެކު ރައީސް ޑރ. މުޢިއްޒު އެކްސްޕޯސްޓްގައި ހާމަކުރައްވާފައިވަނީ ތިރީގައިވާ އާޔަތެވެ.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾
"އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."
މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ޢާންމުކޮށް އެންމެންނަށް ދެއްވަވާފައިވާ ވަރަށް މުހިންމު މެސެޖެއްކަން ފާހަގަކުރެވެއެވެ. އަންހެނުން ނިވާނުވާ ފޭރާން ލައިގެންނާއި ފިރިހެނުން ޖަގިޔާކޮޅާއި ޓައިޓްކޮޅެއް ލައިގެން ރާއްޖޭގައާއި ރާއްޖެއިން ބޭރުގައި ބާއްވަމުން ގެންދާ ޙަރަކާތްތަކުގައި ބައިވެރިވާ މީހުންނަށާއި އެފަދަ "މޯލްޑިވްސް"ތައް އިންތިޒާމްކުރާ ފަރާތްތަކުން ވިސްނަން ޖެހޭނެ މެސެޖެއް ކަމަށް ފާހަގަކުރެވެއެވެ.
މިއީ މިފަދަ ކަމެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު މިފަދަ ބަސްފުޅެއް ވިދާޅުވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ. މާތް ﷲ އެމަނިކުފާނަށް ހެޔޮ ރަހްމަތް ލައްވަވާށި! އާމީން
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
— Dr Mohamed Muizzu (@MMuizzu) October 30, 2024
وَقُلْ جَاءَ الْحَقُّ وَزَهَقَ…