ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރެއްވި ކަމެއް ނޫންކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ކަރއްވާނެ ކަމެއްވެސް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރައްވައި ސޯޝަލްމީޑިއާގައި ޢާންމުކުރެއްވި ޕޯސްޓުގައި އިތުރަށް ވިޑާޅުވެފައިވަނީ "އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދާނެ" ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މުއައްސަސާތަކުގެ ކިބައިން އެދިވަޑައިގެންފައި އެވަނީ " ދައުލަތުގެ ބާރުތަކާއި، މިނިވަން މުއައްސަސާތަކާއި އަދި އިންތިޚާބު ކުރެވޭ ހުރިހާ ފަރާތްތަކުންވެސް ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ގެންދިއުމަށެވެ. އަދި އެގޮތަށް ކަންކަން ކުރާކަން ކަށަވަރުކުރައްވާނެ ކަމަށެވެ.
ްދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އަޅުގަނޑު މިއަދާ ހަމަޔަށްވެސް ކުރިކަމެއްނޫން އަދި ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭކަމެއްނޫން!. އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން…
— Dr Mohamed Muizzu (@MMuizzu) October 29, 2024