އަޅުގަނޑު އެދެން މާލޭގެ ރައްޔިތުންގެ ކިބައިންވެސް އަޅުގަނޑަށް ތިބޭފުޅުން ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކުރައްވާ ގޮތަށް މާލޭގެ ރައްޔިތުން ތި ދެއްވާ އިތުބާރު ހަމަ ކުރިއަށް އޮތް ބައި އިލެކްޝަން ތަކުގަވެސް ދެއްވުމަށް. މާލޭގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް ޝުކުރުވެރިވަން. މާލޭގެ މޭޔަރަކަށް އަޅުގަނޑު ތިބޭފުޅުން ހޮއްވެވީ ވަރަށް އިތުބާރު ކުރައްވާފަ. އަޅުގަނޑަށް ކުރެވުނުވަރަކަށް މަސެއްކަތެއް ކުރިން. އެކަން ތިބޭފުޅުން ޤަބޫލު ކުރެއްވީމަ ތިބޭފުޅުން ރިޔާސީ އިންތިޚާބުގަ އަދި އެއަށްވުރެން ބޮޑު ތާޢީދެއް ކުރެއްވެވީ. ހަމަ އެކަން ޝުކުރުވެރިކަމާ އެކީގަ ޤަބޫލުކޮށް އެއަށްވުރެ ބޮޑު ތާޢީދެއް ތިބޭފުޅުން ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގަ އަޅުގަނޑަށް ދެއްވެވި.
އަޅުގަނޑު އެދެނީ މިހާރު އަޅުގަނޑުމެންގެ ތެރެއިން ކައުންސިލގައި ތިއްބެދި ދެތިން ބޭފުޅަކު މަޖްލީހަށް ތިބޭފުޅުން ހޮއްވަވާފަވާތީ، ހުސްވެފައިވާ 3 ގޮނޑިއެއް އެބައިން މާލޭގަ. މި 3 ގޮނޑިއަށް ދެންމެގަ އިޢުލާނު ކުރެވިގެން އެ ދިޔައީ އަޅުގަނޑުމެންގެ 3 ކެނޑިޑޭޓުން. އެ 3 ކެނޑިޑޭޓުން ހޮއްވަވާ ދެއްވާ.
އެއްގޮތަކަށްވެސް އެ ކައުންސިލް ތެރޭގައި ކޮން ބޭނުމެއްތޯ އޮތީ، ޒުވާބުކޮށް ދެކޮޅުހަދާ ކަންކަން ހުއްޓުވަން މަސެއްކަތް ކުރާނެ ބަޔަކު އެތަނަށް ވައްދަން. އަޅުގަނޑަށް ވަރަށް މުހިއްމޭ މި 5 އަހަރުތެރޭގަ މި މާލޭގަ ކުރަން ހުރި ކަންކަން ބާރު ސްޕީޑުގަ ގެންގޮސް ނިންމާލަން. ކޮންކަމެއްތޯ އެންމެ މުހިއްމީ. ގެދޮރުވެރިކަން. ދެވަނައަށް ކޮންކަމެއްތޯ؟ އަޅުގަނޑުމެންނަށް މި ފެންނަ މަގުތަކާ ބެހޭ ހުރިހާ މައްސަލަތައް، މަގު ހެދުމުގެ މަޝްރޫއި، މަގުތަކުގެ ޕާކިންގެ މައްސަލަ، މަގުތައް އަމާން ކުރުމުގެ މައްސަލަ، ދެން މަގުތަކާ ގުޅޭ ހުރިހާކަމެއް. ދެން މިހެންގޮސް އެ ހުރިހާކަމެއް، ސީރިއަށް މަސެއްކަތްކުރަން މިހިރީ. ކައުންސިލްގެ ދައުރު ވަރަށް މުހިއްމު.
އަޅުގަނޑަށް ފެނުނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން. އެހެންވީމަ އެހާ އިސްކަމެއް ދިނީ އަޅުގަނޑު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެގޭގައިވެސް ހުރިހާ ކައުންސިލްތަކާވެސް ބައްދަލު ކުރެވޭތޯ. އިރާދުކުރެއްވީތި 150 އަށްވުރެ ގިނަ ކައުންސިލާ ބައްދަލުވި. އަދި ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބާކީ ހުރި ކައުންސިލްތަކާވެސް ބައްދަލު ކުރާނަން. ކައުންސިލްތައް މެދުވެރިކޮށް، ކައުންސިލް މާލެގަ ވިއްޔާ
ސިޓީ ކައުންސިލް މެދުވެރިކޮށް ކަންކަން ކުރަން ބޭނުންވަނީ. އެހެންމަ މާލޭގެ ރައްޔިތުންގެ ކިބައިން އެދެން އަޅުގަނޑުމެންގެ 3 ކެނޑިޑޭޓޫން ހޮއްވަވާ ދެއްވުމަށް. އަދި ދެންމެގަ މިތަނުގަ އިޢުލާނު ކުރެވިގެން ދިޔަ ދެން ހުރި ދާއިރާތަކުގެ ރައްޔިތުން ކިބައިންވެސް އެދެން. އަޅުގަނޑުމެންގެ ކެނޑިޑޭޓުން ހޮއްވަވާ ދެއްވުމަށް. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އަޅުގަނޑު ދެންމެ މި ދެންނެވި ތެދުވެރިކަމާއި، އަމާނާތްތެރި ކަމާޢި، އިޚްލާސްތެރިކަމާ. އެނޫން ކަމެއް ކުރާނެ މީހަކަށް އަޅުގަނޑެއް ގައިމުވެސް ފުރުޞަތެއް ނުދޭނަން.
އެހެންވީމަ އަޅުގަނޑު މި އެދޭ ގޮތަށް މިކަން ކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ފަރާތުން އެކި ބައި އިލެކްޝަން ތަކުގަ ކުރިމަތިލާ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ އެ ބައި އިލެކްޝަންތައް އެ ނިސްބަތްވާ ދާއިރާތަކުން އަޅުގަނޑު އެދޭ އެދުމެއް. މީ އެއްގޮތަކަށްވެސް އެ އޮންނަ ލޯކަލް ޕޮލިޓިކްސްގެ ތެރޭގައި އާއިލީ ވާދަވެރިކަން ކަމަށްވިޔަސް އަދި ކުރިން ދިމާވި ކޮންމެސް ކަމެއްގަ ހިތްހަމަނުޖެހުން ކަމުގައި ވިޔަސް، އަދި ކޮންމެސް މީހަކު ވަޒީފާއަށް ލާން އުޅެފަ ނުލެވިގެން އަންނަ ހިތްހަމަ ނުޖެހުން ކަމަށްވިޔަސް، މިކަހަލަ ކޮންމެސް ކަމަކާ ހެދި އެބަ ގެއްލޭ ބައި އިލެކްޝަންތައް. އެހެން ނަހައްދަވާ. އެއަށްވުރެ އިސްކުރައްވާ ރަށް. އެއަށްވުރެ އިސްކުރައްވާ ޤައުމު. ޤައުމު އިސްކުރައްވާ އަޅުގަނޑުމެންގެ މި ފޯސް ރައްޔިތުންނަށްޓަކާ ތަރައްޤީ ގެނެސްދިނުމުގެ މި މަސެއްކަތުގަ، ރައްޔިތުންނަށްޓަކާ ހަމަޖެހުން ގެނެސްދިނުމުގަ، ރައްޔިތުންނަށްޓަކާ ޤައުމުގެ އަމާންކަން ޔަޤީން ކުރުމަށްޓަކާ މި ފެށީފައިވާ މަސައްކަތަށް އިސްކަން ދެއްވާ. އެއީ އަޅުގަނޑަށް ކޮންމެ ބައި އިލެކްޝަނެއްގަ މިގޮތަށް އިންތިޚާބެއްގެ ވާހަކައެއް ނުދެއްކޭނެ. ޖުމްލަކޮށް ހަމަ ރައްޔިތުންނަށް އަޅުގަނޑު ދޭ ނަސޭޙަތެއް. ކުރާ އިލްތިމާސްއެއް. އަދި ޔަޤީންވެސް ކުރަން ރައްޔިތުން އެކަން އެގޮތަށް ކޮށްދެއްވާނެ ކަންވެސް.
އާދެ، އަޅުގަނޑު މާ ގިނަ ވާހަކަ ހަމަ ދައްކާކަށް ހަމަ އިތުރަށް ވަގުތެއް ނުނަގާނަން. މިރޭ ހަމަ ބޭނުންވީ ތިބޭފުޅުންނަށް ޝުކުރު ދަންނަވާލާ އަދި އަޅުގަނޑުމެންގެ މި މަސެއްކަތުގައި ތިބޭފުޅުން ތި ދެއްވާ، ރައްޔިތުން ތި ދެއްވާ އިތުބާރަށް ހަމަ ޝުކުރު ދަންނަވާލަން.
ނިންމާލުމުގެ ކުރިންވެސް ހަމަ ޖުމްލަކޮށް ފާހަގަކޮށްލަން ބޭނުން ތަރައްޤީގެ މަޝްރޫއުތައް އިރާދުކުރެއްވިއްޔާ ދެންމެ މި ފާހަގަކުރިހެން އިކޮނޮމިކް އެޖެންޑާގެ ތެރެއިން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ވީ ވަޢުދުތައް
އެހެރީ މިހާ ބޯ ފޮތެއްގަ އެހެރީ ލިޔެވިފަ. ކޮންމެ ގަނޑެއްގަ އެއީ ވީ ވަޢުދު. ދެއްކި ވާހަކަ. އެކަންކަން ކުރަންވެގެން އެކަންކުރީ. އެކަން ކުރާނަން އިރާދުކުރެއްވިއްޔާ.
ދެން ވަކި ރަށެއް ފާހަގަ ކުރާކަށް ނޫން. އެންމެ ބޮޑު ދެވަނަ އާބާދީއަކީ އައްޑޫ ސިޓީ ވީމަ، އައްޑޫ ސިޓީ ރައްޔިތުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ އައްޑޫ ރައްޔިތުން އައްޑޫގެ ތަރައްޤީއަށްޓަކައި ބަދަލެއް ގެނައުމަށްޓަކާ ނިންމި ނިންމުމަށް އަޅުގަނޑު ފުރިހަމަ ކަމާއެކީގަ ތިބޭފުޅުންގެ ތި އުއްމީދުތައް ޙަސިލް ކޮށްދޭނަމޭ އިރާދުކުރެއްވިއްޔާ. ބުރިޖުގެ މަސެއްކަތްވެސް، ދެން ހުރި މަސެއްކަތްތައްވެސް، އެއާޕޯރޓް ވިޔަސް ޓޫރިޒަމް ވިޔަސް، މަގުތަކާ ގުޅޭ ކަންކަންވިޔަސް، ގެދޮރު، ދެން ހުރި ހުރިހާ މަސެއްކަތެއްވެސް. ވަޢުދުވީގޮތަށް އިރާދުކުރެއްވިއްޔާ އައްޑޫ ރައްޔިތުންނަށްވެސް ކޮށްދޭނަން. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ތަފާތު ކުރުމެއް ނެތި ކޮންމެ ރަށެއްގަ ހުންނެވިޔަސް އެއީ އަޅުގަނޑަށް ހަމަހަމަ ރައްޔިތެއް. އަޅުގަނޑު ކުރިމަތީ ހުރިހާ ރައްޔިތުން ހަމަހަމަ. އެކަންކަން އިރާދުކުރެއްވިއްޔާ ކޮށްދޭނަން.
އަޅުގަނޑުމެންނަށް ބޭނުންވަނީ އެކުވެރިކަމާއެކީގަ މި ޤައުމުގަ ހަމަޖެހުން ޤާއިމް ވެގެން އަޅުގަނޑުމެން އެއް ވާނެއްގަ އެއް ރޫޙެއްގަ އެކަތިގަނޑެއްގެ ގޮތުގަ ޤައުމީ ލޯބީގަ ޤައުމާއިގެން ކުރިއަށް ދާން. އިރާދުކުރެއްވިއްޔާ ޤައުމުގެ މުސްތަޤްބަލް އޮތީ އުޖާލާކޮށް
އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލެއްވެވުން. އަޅުގަނޑުމެންނަކީ ހެޔޮބަސް އަހާ ހެޔޮބަސް ޤަބޫލުކުރާ ބައެއް ކަމުގައި ލައްވާށި. އާމީން.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު
- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން