ކުރީ ސަރުކާރުތަކުގެވެސް ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނަން! އިންޞާފް ޤާއިމުކުރަންޖެހޭ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކުރީ ސަރުކާރުތަކުގެވެސް ކޮރަޕްޝަނާ ވައްކަމުގެ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނަން! އިންޞާފް ޤާއިމުކުރަންޖެހޭ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެހެންވީމަ ބައްލަވާ ސިޔާސީގޮތުން ކިތަންމެ ދޮގެއް ހެދިޔަސް ހައްޔަރު ކުރާނެ މީހެއް ނުހުންނާނެ. ސިޔާސީ ބަދަލު ހިފުމެއް ނުހިފާނަން. ބަދަލު ހިފުމުގެ ރޫޙު ނައްތާލަން  ދިވެހި ރައްޔިތުން ބޭނުންވީ. އެކަން މިވަނީ މި ޤައުމުން މިހާރު ނައްތާލާފަ. ނުފެންނާނެ ބަދަލު ހިފުމުގެ ރޫޙެއް މި ޤައުމަކުން. އަޅުގަނޑުމެންނާ އެކީގަ ރައްޔިތުން ތިބިހާ ދުވަހަކު މި ޤައުމަކުން ބަދަލު ހިފުމުގެ ރޫޙެއް ނުފެންނާނެ. ނުފެންނާނެ މި ދަންނަވަނީ ނުފެންނާނެ. 

ނަމަވެސް، ޢަދުލު އިންސާފު ޤާއިމް ކުރެވޭނެ. ކޮރަޕްޝަނަކަށް ފުރުސަތެއް ނޯއްނާނެ. ވައްކަމަކަށް ފުރުޞަތެއް ނޯއްނާނެ. އެކަން ކުރާ މހަކު ހެއްކާ އެކީގަ އަޅުގަނޑު ކުރިމައްޗަށް މިހާރު ގެނެޔަސް އިސްވެ ފިޔަވަޅު އަޅާނަން އަޅުގަނޑު އެމީހަކާ ދެކޮޅަށް. އެހެންވީމަ ކޮރަޕްޝަނަކަށް، ވައްކަމަކަށް، ނާޖާއިޒް ގޮތެއްގައި ޤަވާއިދާ ޚިލާފަށް ކަންކަން ކުރުމަކަށް އެ ފުރުސަތެއް ނޯއްނާނެ. އެއީކީއެއް ބަދަލު ހިފުމެއް ނޫން. އެއީ ޢަދުލު އިންސާފު ޤާއިމްކުރުން އެކަންކަން އެ އޮންނަ އުސޫލްގެ ތެރެއިން ބެލުމަކީ. އެހެންވީމަ ކުރީގެ ސަރުކާރުން އެކިއެކި ކުންފުނިތަކުންވިޔަސް އެހެން ފަރާތްތަކުންވިޔަސް ހިންގާފަ ހުރި ކަންތައްތައް ނިޒާމްގެ ތެރެއިން ބައްލަވާފަ އަޅުވައްންޖެހޭ ފިޔަވަޅެއް އޮތިއްޔާ މޫނެއް ކަނދުރާއެއް ނުބަލާ ފިޔަވަޅު އަޅާނަން.  

ޢަދުލުވެރިވާން އޮތީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފަ. ޢަދުލުވެރިވީމާ އެޤައުމަކަށް ލިބޭނީ ބަރަކާތްތެރިކަން، ހަމަޖެހުން، ކާމިޔާބު. މި ޤައުމަށް ކުރިމަގު އުޖާލާވާން އޮތީ ރައްޔިތުން މިހާރު ނިންމަވާފަ ތި އޮތްގޮތައް އަޅުގަނޑުމެންނާ އެކީގަ ތެދުވެރިކަމާއެކީގަ ވާހަކަ ދައްކާ ޢަމާނާތްތެރިކަމާ އެކީގަ މަސައްކަތްކުރާ އިޚްލާސްތެރިކަމުގެ އަތް އެކަނި ދިއްކޮއްގެން ތިބެ އަޅުގަނޑުމެންނާ އެކީގަ ކުރިއަށް ގޮސްގެން. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ މި އިޚްލާސްތެރިކަން، މި ތެދުވެރިކަން، މި އަމާނާތްތެރިކަން. އިތުރު އެއްވެސް ކަމެއް ނުފެންނާނެ.  

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން