ތެދުހާމަކުރާނެ ހިތްވަރުނެތިއްޔާ ދޮގުހަދާ! އަޅުގަނޑު ހަދާނީ ތެދު! ބިރުވެތިވަނީ ﷲ އަށް!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތެދުހާމަކުރާނެ ހިތްވަރުނެތިއްޔާ ދޮގުހަދާ! އަޅުގަނޑު ހަދާނީ ތެދު! ބިރުވެތިވަނީ ﷲ އަށް!: ރައީސް ޑރ. މުޢިއްޒު

އެހެންމަ މި ދެންނެވި ތަރައްޤީއަށް މި ޤައުމުގެ ހަމަޖެހުމަށް، މި ޤައުމުގެ އަމާންކަމާއި މިނިވަންކަން ޔަޤީން ކުރުން އެއީ އަޅުގަނޑުމެންގެ އެންމެ ބޮޑު ސިޔާސަތަކީ. ހަމަޖެހުން ބައްލަވާ. މި ވޭތުވެގެންދިޔަ 7 މަހުގެ ތެރޭގައި ތިބޭފުޅުންނަށް ފެނިވަޑައިގެންނެވިތޯ ސިޔާސީ ވިސްނުމެއްގަ، ސިޔާސީ މަޤްޞަދެއްގަ ހައްޔަރު ކުރި އެކަކުވެސް. ކުރިއަށް އޮތްތާވެސް ނުފެންނާނެ. އަޅުގަނޑަށް ވަރިހަމައޭ ކިތަންމެ ވަރަކަށް ކޮންމެ ކަހަލަ މީޑިއަމް އެއް ހައްދަވައިގެން  ކޮންމެ ކަހަލަ މާހައުލެއްގަ ވިޔަސް އަޅުގަނޑަށް ފާޑު ކިޔަންވީ. މީ އާ ކަމެއް ނޫން އަޅުގަނޑަކަށެއް. އަޅުގަނޑަކަށް އެއްވެސް ވަރަކަށް އާ ކަމެއް ނޫން. އަޅުގަނޑު ދައްކާނީ ތެދު ވާހަކަ. ޖާވާބު ދޭނީ ތެދު ބަހުން. ފާޑު ކިޔުއްވަންވީ ވަރަކަށް، ކިޔުއްވަން ބޭނުން ވަރަކަށް ކިޔުއްވަންވީ. އެކަމަކު ތެދުބަހުން ވާހަކަ ދެއްކެވުމަށް އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ހަމަ ހިއްވަރު ދެން. 

ހިއްވަރުދެން، ދެން އެބޭފުޅުންގެ އެ ހިއްވަރު ނެތިއްޔާ ދެން ދޮގު ހައްދަވާ. އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ އެބަހުރި ތެދު ހެދުމުގެ ހިއްވަރު. އަޅުގަނޑު ބިރުވެތިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް. މިއަދު އެކަންޏެއް ނޫން އޮތީކީއެއް. މިއަދަށްވުރެ މާ މުހިންމު މާދަން. އެހެންމަ ތެދުބަހުން ކޮންމެ އެއްޗަކަށް ޖަވާބު ދޭނަން. 

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން