ރައީސްގެ ވަޢުދާ އެއްގޮތަށް މަސްވެރިންނަށް ދެވޭކަން ޔަޤީންކުރާނަން! ލަސްވަނީ ޤައުމު ދަވާލާފަ އޮތީމަ! ކުންފުނިތައް ބަނގުރޫޓުކޮށްލާފަ އޮތީމަ!: މެންބަރު އަހްމަދު ސަލީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރައީސްގެ ވަޢުދާ އެއްގޮތަށް މަސްވެރިންނަށް ދެވޭކަން ޔަޤީންކުރާނަން! ލަސްވަނީ ޤައުމު ދަވާލާފަ އޮތީމަ! ކުންފުނިތައް ބަނގުރޫޓުކޮށްލާފަ އޮތީމަ!: މެންބަރު އަހްމަދު ސަލީމް

މަސްވެރިން މިފްކޯއަށް ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިށާ ދެވެން ފަށާނެ ކަމަށާއި އެކަން ޔަޤީންކުރައްވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަޙްމަދު ސަލީމް ވިދާޅުވީ ކަންކަން ކުރަން ބޭނުންވާ ގޮތަށް ނުކުރެވި ލަސްވަނީ ކުރީގެ ސަރުކާރުން ފައިސާ ޗާޕްކޮށް ޤައުމުގެ އިޤްޠިޞާދު އިދަޖައްސާލާފައިވެސް ޤައުމު ބަނގުރޫޓުކޮސްލައި އަދި ސަރުކާރުގެ ކުންފުނިތައް އިނދަޖައްސުވާލާފައި އޮތުމުން ކަމަށެވެ.  

"މިއަކީ މަސްވެރިންނަށް މިއަދު ދިމާވެގެން އުޅޭ މައްސަލައެއް ނޫން. އަޅުގަނޑު ކުރިން ދެންނެވިހެން މި ދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެ ބޭފުޅުން (މަސްވެރިން) ތިބީ މަގުމަތީގައި. އެ ބޭފުޅުންނަކަށް ލާރިއެއް ނުލިބޭ. އެހެންވީމާ މި 5 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މަސްވެރިން ހިނިތުންވެފައި ތިބޭ ގޮތަށް މަސްވެރިންނަށް ރައީސް ވިދާޅުވި ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާދޭ ގޮތަށް އަޅުގަނޑުމެން ހަމަޖައްސާނެއޭ. މިކަން އަޅުގަނޑުމެން ދުލެއް ވެސް ނުކުރާނަން އިނގޭތޯ! 

މަސްވެރިން ހެވިފައި ތިބޭނީ! މަސްވެރިން ގިނައިން މަސްބާނަންވީ! ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފައިސާދޭނެ! އެހެންނަމަވެސ،ް ވަޒީފާއާ ހަވާލުވެ ގޮނޑީގައި އިށީނީމަ މި އެނގުނީ ހާލަތު އޮތްގޮތް. ކަމަކުދާކަށް ނެތް! މުޅި ޤައުމު އޮތީ ދަވާލާފައ.ި ފައިސާ ނެގުނު މީހެއް ނެގި ކުންފުނިތައް ދަވާލާފައި! ކުންފުންޏަކުން އެއްޗެއް ދެވޭކަށް ނެތް!  އެހެންވީމާ ކިހިނެއްތޯ (އެހާފަސޭހައިން) މިކަން ކުރާނީ؟ މަސްވެރިންނަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެކަން ކިޔައިނުދެވުނީ އޭރުގައ.ި އަޅުގަނޑު އޭރުވެސް ދެންނެވިން މި މައްސަލަ ހިނގާށޭ އަވަހަށް ރައްޔިތުންނަށް ކިޔައިދޭން ޤައުމު އޮތް ހާލަތާއ..." 

- އަޙްމަދު ސަލީމްގެ ވާހަކަފުޅުން

 

މިއަދު އޮންލައިން