އެހެންވީމާ، މިއަންނަ އަހަރުގެ ބަޖެޓަކީ ތިބޭފުޅުން ހޮއްވަވާދެއްވި ރައްޔިތުން މަޖްލީހުން ތިބޭފުޅުންނަށްޓަކާ އަޅުގަނޑުމެން ފާސްކުރާނެ ފުރަތަމަ ބަޖެޓް. އެ ބަޖެޓާއި ދެން އަންނަ އަހަރުތަކުގެ ބަޖެޓުގައި އެންމެ އިސްކަމެއް ދެނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް. ޕީ.އެސް.އައި.ޕީ މަޝްރޫއުތަކުގެ ތެރޭގައި، ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަކީ ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާ އަދަދުތައް. އޭގެ ދެބައިކުޅަ އެއްބައި ،މަދުވެގެން 50 އިންސައްތަ ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާ ކުރުމަށް. ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރު ބިނާކުރުމަށް. މީ ދުވަހަކުވެސް ރާއްޖޭގަ ކުރި ކަމެއް ނޫން. ދުވަހަކުވެސް ކުރި ކަމެއް ނޫން. އެހެންވީމަ މިސާލަކަށް 9 ބިލިއަން، 9 ހާސް މިލިއަން ރުފިޔާ އެއީ ޕީ.އެސް.އައި.ޕީ ކަމަށް ވަންޏާ އޭގެ 4.5 ނޫނިއްޔާ 5 ހާސް މިލިއަން ޚަރަދުވާނީ ގެދޮރު، ފިޒިކަލް ގެދޮރު މަޝްރޫއުތައް ހިންގުމަށް ރާއްޖޭގައި. މި އަދަދެއް ދަންނަވަން މި ދެންނެވީ. އެއީ ކޮންމެހެން ޕީ.އެސް.އައި.ޕީ ގެ އަދަދެއް ނޫން. ހަމަ މިސާލަކަށް. އެހެންވީމަ އެހާ އިސްކަން ދޭނަން ގެދޮރު ބިނާކުރުމަށް އިރާދުކުރެއްވިއްޔާ.
އެހެންވީމަ ރައްޔިތުންނަށް، ރައްޔިތުންގެ ހިއްޕުޅަށް ގެންނަވަންވީ ޔަޤީންކަމަކީ އަޅުގަނޑު ވީ ވަޢުދުތައް އަޅުގަނޑުމެންގެ މި ސަރުކާރުން، ރައްޔިތުންގެ މި ސަރުކާރުން، ރައްޔިތުންގެ މަޖްލީހުގަ ތިބިބޭފުޅުންގެ ފުރިހަމަ އެއްބަރުލުމާ އެކީގަ ފުރިހަމައަށް، އަކުރުން އަކުރަށް، ރަނުން ރަނަށް ފުއްދާނަމެ. އަޅުގަނޑުމެންގެ ޝިއާރަކީ ރައްޔިތުން މަޖްލީހުގެ އިންތިޚާބުގަވެސް އަޅުގަނޑުމެން ބޭނުންކުރި ޝިއާރު. ތަރައްޤީ، ޑިވެލޮޕްމެންޓް، ސްޓެބިލިޓީ އަދި ސެކިއުރިޓީ. ހަމަޖެހުމާއި އަމާންކަން، މިނިވަންކަން ޔަޤީންވެގެން ދިއުން. މި ތިން ކަންތައް ރައްޔިތުން ބޭނުންވީ. ރައްޔިތުންގެ މަޖްލީހާއި ސަރުކާރާއި ދޭތެރޭގަ ކޯޅުން އޮވެ، ދެފަރާތަށް ދެމޭ ވަލަކަށް ރައްޔިތުން ވާން ބޭނުން ނުވާކަން ރައްޔިތުން ވިދާޅުވި. އެހެންމަ ރައްޔިތުން ނިންމަވާފަ މިވަނީ ޑިވެލޮޕްމަންޓަށް، ސްޓެބިލިޓީއަށް، ސެކިއުރިޓީއަށް ރާއްޖެ ގެންނަން.
- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން