އަޅުގަނޑުމެންގެ އެންމެބޮޑު މިއޮތީ 2 ވަޢުދެއް. އެއީ ގެދޮރުވެރިކަމުގެ ވަޢުދާއި އާމްދަނީ ހޯދައިދިނުމުގެ، ނޫނިއްޔާ ވާޒީފާގެ ވަޢުދު. މި ދެންނެވި ޤައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގެ ވާހަކަ ނަގާފަ އަޅުގަނޑުމެން އަބަދުވެސް އެވާހަކަ ދަންނަވަން. ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަން ހުރި މަސެއްކަތްތައް ހަމަ މިގެންދަނީ ވަރަށް ބާރު ސްޕީޑުގަ. އިރާދުކުރެއްވިއްޔާ މިއަހަރު ތެރޭގަ މިހާރު މަޑުޖެހިފައޮތް ރަސްމާލެ ހިއްކުމުގެ މަސެއްކަތް މިއަންނަ މަހުގެ ތެރޭގަ ޢަމަލީގޮތުން އަނެއްކާ ރީސްޓާރޓް
ވާނެ. ރީސްޓާރޓްވެ އަލުން ފެށި މިއަހަރުގެ ޑިސެމްބަރު މަސް ނިމެންވާއިރަށް އަޅުގަނޑުމެންގެ އަމާޒަކީ ހަމަ ފުރަތަމަވެސް ޕްލޭން ކުރިގޮތަށް އެތަނުގަ 1000 ހެކްޓަރުގެ ބިން ހިއްކާ ނިންމުން. އިރާދުކުރެއްވިއްޔާ އެކަން ހާސިލް ކުރާނަން.
އަދި މިހާރުވެސް ހިއްކަމުންދާ ހުޅުމާލޭގެ 3 ވަނަ ފިޔަވައްސާއި، ގުޅީފަޅާއި، ގިރާވަރު ފަޅާއި މި ސަރަޙައްދުގެ މި ހިއްކަންޖެހޭ ހުރިހާ ސަރަޙައްދެއް ހިއްކުމާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި ހިއްކަން ނިންމާފައިވާ، ވަޢުދުވެފައިވާ ބިންތައް ހިއްކުމާއި މި ކަންކަން ހިނގާނެ. މިކަންކަން މި ކުރިއަށް ގެންދަނީ އަޅުގަނޑުމެން މި ދެންނެވި އިޤްތިޞާދީ އެޖެންޑާގެ ތެރެއިން ޖާގަ ހޯދައިގެން. އެހެންމަ ގެދޮރުގެ ވަޢުދު މީ އެންމެ ބޮޑު ވަޢުދު. މި ވަޢުދަކީ އިރާދުކުރެއްވީތީ ހަމަ ވަޢުދު ވީގޮތަށް އަޅުގަނޑުމެން ފުއްދާނެ ވަޢުދެއް. އަޅުގަނޑު މިރޭވެސް ހަމަ ތަކުރާރު ކޮށްލާނަން، ފުރިހަމަ ޔަޤީންކަމާއި އެކީގަ އިރާދުކުރެއްވިއްޔާ މި 5 އަހަރު ނިމޭއިރު ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ނުހުންނާނެ ގެދޮރުވެރިކަމުގެ ފުރުސަތު ނުލިބޭ އިރާދުކުރެއްވިއްޔާ.
އެއީ ގެދޮރު އަޅާފަ ތަޅުދަނޑި ހަވާލުކުރާ މަޝްރޫއުތަކުގެ ތެރެއިން ގެދޮރު ލިބޭ މީހުންނާއި، ގެދޮރު އެކިއެކި މަޝްރޫއުތަކުން އަޅާފަ އެއަށް މަގުފަހި ކޮށްދެވިފަ ތިބި ރައްޔިތުންނަށް އެ ފުރުސަތު ލިބިގެންދާ ދިއުމާއި، އެކިކަހަލަ ލޯން ސްކީމްތަކުގެ ތެރެއިން 5 ޕަސެންޓަށް ވުރެ ބޮޑުނުވާނެ އިންޓްރަސްޓް ރޭޓްގަ ދޫކުރާނެ އެކިކަހަލަ ލޯން ސްކީމްތައް، އެކަމުގެ މަސެއްކަތްވެސް ވަރަށް ބާރު ސްޕީޑްގަ އެބަ ހިނގާ. އެ ލޯން ސްކީމްތަކުން ހުޅުވާލެވޭ ފުރުސަތުތަކުން ދެވޭ ގެދޮރުވެރިކަމުގެ ފުރުސަތާއި އާބާދީ އެއްފަސް ކުރެވިގެން ކުދިކުދި ރައްތަކުގަ ދިރިއުޅެގެން ދެމެހެއްޓެނިވި ތަރައްޤީއެއް ޙަސިލް ނުކުރެވޭނެތީ އަމިއްލަ އިސްނެންގެވުމުގެ މަތިން ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ތެރޭގަ ބައިވެރިވެ އެއްފަސްވާން ބޭނުންވާ ރައްތަކުގެ ރައްޔިތުންނަށް އަޅައިދޭ ގެދޮރު އަޅައިދީގެންނާއި، ދެންމެ އަޅުގަނޑު ފާހަގަ ކުރި ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާނެ އެކަހަލަ ފެސިލިތީސްތަކުން، އޭގެ އެހީ ހޯދައިގެން ގެދޮރު އަޅާ ފަރާތްތަކުން އަޅާނެ ގެދޮރާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް އަދިވެސް އިތުރު ކަންކަން އެބަ ހިނގާ. އެހެންމަ މުޅި ސްކީމްގެ ތެރެއިން ނިމޭއިރުގަ ދެންމެ މި ދެންނެވި އަމާޒު އަޅުގަނޑު މި ދަންނަވަނީ އިރާދުކުރެއްވިތީ ފުރިހަމަ ޔަޤީންކަމާއި އެކީގާ އަނެއްކާވެސް ތަކުރާރު ކޮށްލާފަ ޙާސިލް ކުރާނަމެ މި 5 އަހަރު ނިމެންވާއިރުގަ. އެއީ އެންމެ ބޮޑު ވަޢުދު.
ދެން ވަޒީފާގެ ވަޢުދު. އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް އަޅުގަނޑުމެން އެންމެ އިސްކަމެއް ދީގެން ޙަސިލް ކުރެވޭތޯ ބަލާ ދެވަނަ ކަމަކީ. އިކޮނަމީ ޑައިވާސިފައިކޮށް، ފުޅާކޮށް އިތުރު ފުރުޞަތުތައް ހޯދަދީ ޓޫރިޒަމްގެ ދާއިރާއިން އެކި ކަހަލަ ޕްރޮޑަކްޓްސްތައް، އާ ޕްރޮޑަކްޓްސްތައް އިތުރު ކުރުމާއި، އެކިއެކި މަޝްރޫއުތަކުގެ ތެރެއިން ލިބޭ އެކިކަހަލަ ފުރުސަތުތަކުން ވަޒީފާ ލިބުމާއި، އަދިވެސް ތަފާތު ގިނަ ކަންކަން. އެހެންމަ ވަޒީފާގެ ފުރުސަތު ހޯދައި ދިނުމައި ގެދޮރުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު. އެ ކަންކަމަށް އަޅުގަނޑުމެން އެންމެ އިސްކަމެއް މި ދެނީ.
ކޮންމެ އަހަރަކު، މިއަންނައަހަރު އަޅުގަނޑުމެން އަޅުގަނޑުމެންގެ ސަރުކާރުން ހުށައަޅާ ފުރަތަމަ ބަޖެޓް ހުށައަޅާނެ. މިހާރު މި ޢަމަލުކުރުމުން މިދަނީ އަޅުގަނޑުމެން ބުނެބުނެވެސް ބުނިގޮތެއް ނުހަދާދިން، މަޖްބޫރު ވެގެން އަޅުގަނޑުމެންނަށް ހަވާލުވެފައޮތް ކުރީގެ މަޖްލީހުން ފާސްކުރި ބަޖެޓެއް ތަންފީޒް މި ކުރަނީ. އެހެންމަ އަޅުގަނޑުމެންގެ ވަޢުދުތަކެއް ނުފުއްދޭ އެޔަކުންނެއް. މި 5 އަހަރު މިހިނގަނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓަކުންނެއް ނޫން. އެހެންވީމަ މައިގަނޑު އެއް ސަބަބަކީ އެހާ ބާރު ސްޕީޑުގަ މަޝްރޫއުތައް ނުހިއްގޭ. އެކަމަކުވެސް އެބަ ހިންގަން. އަޅުގަނޑު އިންތިޚާބު ތެރޭގަވެސް ސްޓެޓިސްޓިކް އިއުލާން ކުރިން، ހުއްޓިފަ ހުރި މަޝްރޫއުތައް ފަށާފައިވާ އަދަދުތައް. ވަރަށް ދަތިކޮށް ވިޔަސް މަސެއްކަތްތައް މި ކުރަނީ.
- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން