އަންނަމަހު ހުޅުވާ ޑިވޮލޮޕްމަންޓް ބޭންކް ހުޅުވުމާއެކު ގިނަ ކަންތައްތަކަކަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ! ބޭނުންވާވަރަށް ކާބޯތަކެތި އުފައްދަން ފެށޭނެ!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
އަންނަމަހު ހުޅުވާ ޑިވޮލޮޕްމަންޓް ބޭންކް ހުޅުވުމާއެކު ގިނަ ކަންތައްތަކަކަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ! ބޭނުންވާވަރަށް ކާބޯތަކެތި އުފައްދަން ފެށޭނެ!: ރައީސް ޑރ. މުޢިއްޒު

އަދި ހަމަ އެއާއެކީގަ އަޅުގަނޑުމެން ވާނީ ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހެދުމުގެ ހުރިހާ ކަންތައްތަކެއް މިހާރު އެދަނީ ނިމެމުން. ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގަ އިރާދުކުރެއްވިއްޔާ މިއަންނަ މަހުގެ ތެރޭގައި ރާއްޖޭގަ އެ ބޭންކު ހުޅުވުމަކީ އަޅުގަނޑުމެންގެ އަމާޒު. އެ މަސެއްކަތް މިހާރުވެސް ވަރަށް ހަލުވި ދުވެލީގަ އެދަނީ ކުރިއަށް. އޭގެ ނަތީޖާވެސް ވަރަށް ފޮނިވާނެ އިރާދުކުރެއްވިއްޔާމު. 

އިންޓަރނޭޝަނަލް ފައިނޭންޝަލް ޝަރވިސަސް އޮތޯރިޓީއެއް ރާއްޖޭގަ އެންމެ ފުރަތަމަ އެވަނީ މިހާރު ޤާއިމް ކުރުމުގެ މަސެއްކަތް ނިމިފަ. އެ އޮތޯރިޓީއެއް ފަންގްޝަނަށް އައީމަ ދެން އަޅުގަނޑުމެންގެ ޤައުމަށް އިރާދުކުރެއްވިއްޔާ އަދި އިތުރު ދޮރުތައް ހުޅުވިގެން އެދަނީ އިޤްތިޞާދު ފުޅާ ކުރުމަށްޓަކާ އާމްދަނީ އިތުރު ކުރުމަށްޓަކާ އެތައް ގިނަ މަސެއްކަތެއް މިދަނީ ކުރެވެމުން. ބޮޑެތި ބިޔަ މަޝްރޫއުތަކަށް ފުރުސަތު މިދަނީ ހުޅުވާލަމުން. 

ފުޑް ސެކިއުރިޓީ ކާބޯތަކެތީގެ ރައްކާތެރި ކަމަކީ މި ދެންނެވި އިޤްތިޞާދު ހަރުދަނާކުރުމުގެ އެންމެ މުހިއްމު ކަންތައް. ބޭރަށް އެތައް މިލިއަން ޑޮލަރެއް ކޮންމެ މަހަކު ޚަރަދުކުރަން މި ޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެ ކަމެއް އިރާދު ކުރެއްވިއްޔާ. އަޅގަނޑުމެންގެ އަމާޒުގަ ވާގޮތަށް އެކަން ހިނގާނެ.  

މިހާރު އެވަނީ އުތުރު ތިލަފަޅުން އެއްބައި ހިއްކާ، 200 ހެކްޓަރުގެ ބިން ހިއްކާ އެތަނުގަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާވަރަށް އެތަނާ އަދި ރާއްޖޭގެ އެކި ބައެއް ސަރަޙައްދުތަކުގަ ދަނޑުވެރިކަން ކުރާ ބައެއް ރައްތައްވެސް ހިމެނޭގޮތަށް ހިންގާ މަޝްރޫއެއްގެ ތެރެއިން މި 5 އަހަރުގެ ތެރޭގައި އިރާދުކުރެއްވިއްޔާ އެ މަޝްރޫއުގެ މަސެއްކަތް ނިމޭނެ. ނިމޭއިރުގައި ރާއްޖޭގެ ރައްޔިތުންނާށް ބޭނުންވާ ރާއްޖޭގަ އުފެއްދޭ މައިގަނޑު ހުރިހާ ބާވަތެއް އޭގެ ތެރެއިން އުފެދިގެން ދާނެ. އެ މަސެއްކަތްވެސް ދަނީ ބާރު ސްޕީޑުގައި. އޭރުން ބޭރަށް ކުރަންޖެހޭ ޚަރަދު އަނެއްކާވެސް އެތައް ގުނައަކުން ކުޑަވެގެން ދިޔައީ. ޚަރަދު ކުޑަކޮށް އާމްދަނީ އިތުރު ކުރުން އަޅުގަނޑުމެންގެ ޕޮލިސީއަކީ. އާމްދަނީ އިތުރު ކުރުމަށްޓަކައި މި ދެންނެވި ފަދައިން ގިނަ މަސެއްކަތްތަކެއް މިވަނީ ފެށިފަ. 

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން