5 އަހަރު ނިމުނުއިރު 2 މިލިއަން ޑޮލަރު ހުރި ފަންޑަށް މިހާރުވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފިން!: ރައީސް ޑރ.މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 15ސ
5 އަހަރު ނިމުނުއިރު 2 މިލިއަން ޑޮލަރު ހުރި ފަންޑަށް މިހާރުވެސް 54 މިލިއަން ޑޮލަރު ޖަމާކޮށްފިން!: ރައީސް ޑރ.މުޢިއްޒު

އާދެ، ހަމައެއާ އެކީގައި މިދިޔަ ސަރުކާރު ނިމުނު އިރުގައި ސުވަރެން ޑިވެލޮޕްމެންޓް ފަންޑް (އެސް.ޑީ.އެފް) ގަ ހުރީ އެންމެ 2 މިލިއަން ޑޮލަރު. އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ރިޒާވް ނޫނިއްޔާ ފައިސާ ޖަމާކުރަން އުފައްދާފައި އޮތް ފަންޑެއް. އެހެންނަމަވެސް އެ ފަންޑުގަ ހުރި ފައިސާކޮޅުވެސް މިދިޔަ ސަރުކާރުން ބޭނުންކޮށްލީ. 2 މިލިއަން ޑޮލަރަށް މަދުވެފަ ހުރީ. އަޅުގަނޑުމެން މި ދެންނެވި އެއްކަލަ 11 ބިލިއަން ރުފިޔާ ދެއްކުމަށް އެތެރޭގެ ދަރަނިތަކަށް. ބޭރުގެ ދަރަނިތަކަށް 2.7 ބިލިއަން ދެއްކުމުގެ އިތުރަށް މި ދެންނެވި ސުވަރެން ޑިވެލޮޕްމެންޓް ފަންޑަށްވެސް ޖަމާ ކޮށްފީމޭ 2 މިލިއަން ޑޮލަރު ހުއްޓާ އެއަށް އިތުރަށް އަޅުގަނޑުމެން އެއަށް ފައިސާ ޖަމާކޮށް މިހާރު އެ ފަންޑުގަވެސް 54 މިލިއަން ޑޮލަރު އެބަހުރި. 54 މިލިއަން ޑޮލަރު 7 މަސްތެރޭގައި. އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމޭއިރުގައި 100 އަށް އެރުވުން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ހަމަ ވަޢުދު ވީ ގޮތަށް. އެއީ ކޮންއިރަކު ވީ ވަޢުދެއް. މެނިފެސްޓޯ އިޢުލާނު ކުރި ދުވަހު ހުޅުމާލޭގަ ފުރަތަމަ ރިޔާސީ އިންތިޚާބު ފައްޓަން ބޭއްވި ޖަލްސާ. އެތަނުގަ ދެއްކި ވާހަކަ މިއަދުވެސް މި ދައްކަނީ. ބަދަލެއް ނުވާނެ. 

އެދުވަހު އެޖެންޑާގަ އޮތްގޮތަށް މި މަސެއްކަތް މި ކުރަނީ. ކޮށް އިރާދުކުރެއްވިއްޔާ މި ސުވަރެން ޑިވެލޮޕްމެންޓް ފަންޑުވެސް، އަޅުގަނޑުމެންގެ ބޭރުގެ ދަރަނިތައް ދައްކަން ޖަމާކުރާ، ރައްކާކުރާ ފައިސާ އިތުރު ކުރަމުން ދާނަން. މިއަހަރު ނިމޭއިރު އިރާދުކުރެއްވިއްޔާ މި ދެންނެވި ފަންޑުގަވެސް 100 މިލިއަން ޑޮލަރު ހުންނާނެ. އަދި އިތުރުވެސް ކުރެވޭނެ. 

މީގެ އިތުރަށް ޓޫރިޒަމް ދާއިރާ ފުޅާ ކުރުމަށްޓަކައި އެތައް މަސެއްކަތެއް އެބަ ކުރެވޭ. ނުހެދި ހުރި ރިސޯޓްތައް ހެދުމަށްޓަކައި އެކިއެކި މަގުތައް ފަހި އެބަ ކުރެވޭ. އާ ރިސޯޓްތައް ހެދުމަށް ފުރުސަތު ހުޅުވާ އެބަލެވޭ. އަޅުގަނޑުމެންގެ އެއާޕޯރޓް ފިނިހަކަ ދުވެލީގަ ހަދަމުން ދިޔައީ. އެކަން އަޅުގަނޑުމެން އެންމެންނަށް އިނގޭ.  

އެހެންނަމަވެސް މިހާރު ވަރަށް ބާރުމިނުގަ އެމަސެއްކަތް އެދަނި ހިނގަމުން. 8 އެއިރޯ ބުރިޖް ހުންނައިރުގަ ޓާރމިނަލްގައި އަޅުގަނޑުމެން މި މަސެއްކަތް ކުރަނީ މިއަހަރު ނިމެން ވާއިރަށް އެތަނުން އެއްބައި ހުޅުވާ ނިންމަން، އޮޕަރޭޝަނަށް ގެންނަށް މިއަހަރު ނިމޭއިރުގަ. އޭގެތެރެއިން މަދުވެގެން 3 އެއިރޯ ބްރިޖް. މަދުވެގެން 3 އެއިރޯ ބްރިޖް އޮޕްރޭޝަނަށް ގެނެވޭނެ ކަމަށް އަޅުގަނޑަށް އެންމެ ފަހުން އެމް.އޭ.ސީ.އެލް އިން ވިދާޅުވެ ދެއްވާފަ އެބައޮތް.  

އަދި އަންނަ އަހަރުގެ މެދަކާ ހިސާބަށް ދާއިރުގަ އަޅުގަނޑުމެން ކުރިން ޓާރގެޓްކުރިން މިއަހަރު ނިމެންވާއިރަށްވެސް ނިންމޭތޯ. މިއަންނަ އަހަރުގެ މެދަކަށް، ޖުލައި މަހާހަމައަށް ދާންވާއިރަށް އިރާދުކުރެއްވިއްޔާ އެ ޓާރމިނަލްގެ މަސައްކަތާއި އެއާ ގުޅިފަ އެހެރަ އެހެން ހުރިހާ މަސެއްކަތެއް އެއްކޮށް ނިންމާނަން އިރާދުކުރެއްވިއްޔާ 

އޭރުން އެ ހުޅުވިގެން ދަނީ އިޤްތިޞާދުގެ ވަރަށް ބޮޑު ދޮރާށްޓެއް. އަދި އަޅުގަނޑުމެން މިހާރު އިޢުލާނުކޮށްފަ އޮތް ދެވަނަ ފޭސް، އެއާޕޯރޓް ފުޅާކުރުމުގެ ދެވަނަ ފޭސްގެ މަސެއްކަތްވެސް ވަރަށް ބާރަށް އޭގެ ފުރަތަމަ މަރުޙަލާތަކުގެ މަސެއްކަތްތައް ދަނީ ބާރު ސްޕީޑުގަ. ވަރަށް ބާރަށް އެބަ ހިނގާ. ހަމައެކަނި ޓޫރިޒަމް ފުޅާ ކުރުމެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް އިކޮނޮމީ އިޤްތިޞާދު ފުޅާކޮށް ޑައިވާސިފައި ކުރުމުގެ މަސެއްކަތް ވަޢުދުވީން. އެގޮތަށް މި މަސެއްކަތް ކުރަމުން މިދަނީ.  

ސްޕެޝަލް އިކޮނޮމިކް ޒޯންތައް އެސް.އީ.ޒެޑް ތައް ރާއްޖޭގަ ޤާއިމް ކުރުމުގެ ފުރުސަތު ހުޅުވާލިން. މިހާރު އެގޮތުން ރިނިއުބަލް އެނާރޖީގެ ބޮޑު އިންވެސްޓްމަންޓަކަށް، ވަރަށް ބޮޑު އިންވެސްޓުމަންޓަކަށް މިހާރު އެވަނީ ފަރާތަކަށް ހުށައަޅާ އެ އޮންނަ ޕްރޮސީޖަރ ނިންމާ ހަވާލުކުރެވިފަ. އަދި އިތުރު މަޝްރޫއުތަކަށްވެސް އެބަ ކުރިމަތިލާ.  

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން