ނުކަތާވަރުގެ ބޮޑެތި އިންޓަރެސްޓް ތަކުގަ ލޯނު ނުނަގާ ސަރުކާރު ހިންގަމުން ތޭރަ ބިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފިން!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 36ސ
ނުކަތާވަރުގެ ބޮޑެތި އިންޓަރެސްޓް ތަކުގަ ލޯނު ނުނަގާ ސަރުކާރު ހިންގަމުން ތޭރަ ބިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފިން!: ރައީސް ޑރ. މުޢިއްޒު

އެހެންވީމަ އެ ހިތި ބޭސް، އެހެންނަމަވެސް އެ ބޭހުގެ ނަތީޖާ ރަނގަޅު ބޭސް އެއީ. އެއީ ޙަޤީގީ ބޭސް. އެބޭސް ދިވެހި ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ޚިޔާރު ކުރީ. މި އުނދަގޫ ދަތި ނިމުމާއި އެކީގަ މިއަދާ ހަމައަށް އައި އިރުގަ އަޅުގަނޑުމެން ކުރީ ސަރުކާރުން ނެގި ކަހަލަ އަންފޭވަރެބަލް ޓާރމްސްތައް ތަކުގަ، ނޫނިއްޔާ ރާއްޖެއަށް ނުކަތާވަރުގެ ބޮޑެތި އިންޓްރެސްޓް ރޭޓް ތަކުގައި ހުންނަ ބޮޑެތި ލޯނުތައްވެސް ނުނަގާ މިއަދާ ހަމައަށް މި އައީ. އައިއިރުގަ މި 7 މަހާއި 5 ދުވަސް ވީއިރުގައި، މިދިޔަ ސަރުކާރުން، އަޅުގަނޑު ރައްޔިތުންގެ މަޖްލީހުން ފާހަގަ ކުރިކަމެއް މީ. ނުވަ ބިލިއަން ނުވަ ހާސް މިލިއަން ރުފިޔާގެ ފައިސާ ދިވެހި އެކި ކުންފުނިތަކަށް ދައްކަން ހުއްޓޭ. އެ ނުވަ ބިލިއަން ރުފިޔާގެ ތެރެއިން 9 ހާސް މިލިއަން ރުފިޔާގެ ތެރެއިން މި ދެންނެވި ފައިސާ ޗާޕުކުރުން ހުއްޓާލަން. އަދި މިދެންނެވިގޮތަށް ބޮޑެތި އިންޓްރެސްޓް ރޭޓްތަކުގަ ބޮޑެތި ލޯނުތައް ނުނަގާ އަޅުގަނޑުމެން 4 ހާސް މިލިއަން ރުފިޔާ، 4 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދައްކައިފިން.  

އަދި ހަމަ އެއާއެކީގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް، އެސް.އޯ.އީސް ތަކަށް، ސަރުކާރުގެ އެކިއެކި ކުންފުނިތަކަށް މީގެ އިތުރަށް 7 ބިލިއަން ރުފިޔާ، ޖުމްލަ 11 ހާސް މިލިއަން ރުފިޔާ، 11 ބިލިއަން ރުފިޔާ އަޅުގަނޑުމެން މި 7 މަސް ތެރޭގައި ދައްކައިފިން. 11 ބިލިއަން ރުފިޔާ. ފައިސާ ޗާޕު ނުކޮށް، އާންމުދަނީގެ ގޮތުގައި ލިބުނު ފައިސާއިން ތަރައްޤީގެ މަސެއްކާތްތަކާއި އަދިވެސް މުހިއްމު ގިނަ ކަންތައްތައް ކުރަމުން. ފައިސާ ދައްކަމު. ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ، އެންމެ ލޯނެއްވެސް ޑިފޯލްޓް ނުވެ ވަގުތުން ދައްކަމުން މި އައީ. 2.7 ބިލިއަން ބޭރަށް ވެސް ދައްކައިފިން.  

އެހެންވީމަ ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި 7 މަސްތެރޭގައި އަޅުގަނޑުމެން މި އައީ ދައްކާފަ. މިއޮތީ ދައްކާފަ. އެއީ އެބޭފުޅުން އަޅުގަނޑުމެންނާ ދެކޮޅު. އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ޙަޤީގަތް. އަޅުގަނޑުމެން ދައްކާނީ ތެދުބަހުން ވާހަކަ. އަޅުގަނޑު އެދެން މި ޖަގަހައިގެ ބޭނުން ފުރިހަމަ ގޮތުގައި ޕީ.އެން.ސީ، ޕީ.ޕީ.އެމްގެ ހުރިހާ ލޮބުވެތި ރައްޔިތުން ހިއްޕަވަން މި ޕޯޑިއަމްގަ، އަދި އެކި އެކި ގޮތްގޮތުން މިތަނުގަ ދިވެހި ރައްޔިތުންނަށް މި ދެންނެވި ގޮތަށް، ތެދު ޙަޤީގަތް ކޮންމެ ރެއަކުވެސް ހާމަ ކޮށްދެއްވަންވީ. އަޅުގަނޑު ހަމަ މަރްޙަބާ ކިޔަން. އަޅުގަނޑު އެދެން އެބޭފުޅުން އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުން ހަމައެކަނި މިހާރު ކުރައްވާ ކަންތައް އެއީ ދޮގު ހެދުން. އެނޫން އެއްވެސް ކަމެއް ނުކުރައްވާކަން އަޅުގަނޑުމެންނަށް އެބަ އިނގޭ އެކިއެކި ޒަރިއްޔާތަކުން އުފައްދައިގެން ހަމަ ބުހުތާނު ހުސް ދޮގުކަން ހަދަނީ، އެ ދޮގުތައް ހާމަ ކޮށްދިނުމަށްޓަކައި މި ދެންނެވިގޮތަށް ތެދު ޙަޤީގަތުން އެ ދޮގުތައް ހާމަ ކޮށްދިނުމުގެ މަސެއްކަތް މިތާ ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް ތިބޭފުޅުންގެ ކިބައިން.

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން