ފައިސާ ޗާޕްކޮށްގެން ސަރުކާރު ހިންގާނަމަ ވަރަށް ފަސޭހަވީސް! އުނދަގުލާއެކުވެސް މިގެންދަނީ ނަތީޖާ ނެރެ ދައްކަމުން!: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 18ސ
ފައިސާ ޗާޕްކޮށްގެން ސަރުކާރު ހިންގާނަމަ ވަރަށް ފަސޭހަވީސް! އުނދަގުލާއެކުވެސް މިގެންދަނީ ނަތީޖާ ނެރެ ދައްކަމުން!: ރައީސް ޑރ. މުޢިއްޒު

އާދެ، އަޅުގަނޑު ހަމަ ފާހަގަ ކޮށްލަން ބޭނުން. މި ވޭތުވެ މިދިޔަ 7 މަސް، މިއަދަށް 7 މަހާ 5 ދުވަސް މިވީ. މި 7 މަހާއި  5 ދުވަހުގެ ތެރޭގައި، އިރާދުކުރެއްވީތީ އަޅުގަނޑުމެން، އަޅުގަނޑު ރިޔާސީ އިންތިޚާބަށް ކުރިމަތިލައި އެންމެ ފުރަތަމަ މެނިފެސްޓޯ އިޢުލާނު ކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި އިޢުލާނު ކުރި އިޤްތިޞާދީ އެގެންޑާގައި އޮތްގޮތަށް ފެށި މަސެއްކަތުގެ މަތީޖާ އިރާދުކުރެއްވީތީ ވަރަށް ރަނގަޅު.  އެންމެ މުހިއްމު ވަޢުދަކަށް އަޅުގަނޑު ވީ ވަޢުދަކީ އެގޮތުން ފައިސާ ޗާޕު ނުކުރާނަމޭ. މީ ވަރަށް ވަރަށް އުނދަގޫ ކަމެއް. ފައިސާ ޗާޕު ކުރުން ހުއްޓާލި ހުއްޓާލުން އެއީ އަޅުގަނޑާ ގައިމުވެސް ބައްދަލު ކުރެއްވި މިތަނަށް އައި އައި.އެމް.އެފް ގެ ވެރިން، ވޯލްޑް ބޭންކުގެ ވެރިން، މިފަދަ ބޭފުޅުން. އަދި އަޅުގަނޑު ދިޔަ އެކިއެކި ބައްދަލުވުންތަކުގަ ބޭރުގެ ބައެއް ޤައުމުތަކުގަ އޮތް ކޮންފަރެންސްތަކުގައި ވެސް ބައްދަލު ކުރެއްވި.  

އައި.އެމް.އެފް ގެ ސެކެރެޓަރީ ޖެނެރަލްވެސް ބައްދަލު ކުރެއްވި. މިބޭފުޅުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑުމެން އެ ނިންމި ނިންމުން، ފައިސާ ޗާޕުކުރުން ހުއްޓާލާ، އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށްޓަކައި އެ ނިންމި ނިންމުން ވަރަށް ބޮޑަށް ފާހަގަކުރެއްވި. އެއީ ވަރަށް އުނދަގޫ ނިންމުމެއް. އަދ ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބެއް ކުރިމަތީގައި އޮއްވާ އެއްވެސް ސަރުކާރަކުން، އަދި އެހާ ނިކަމެތި ގޮތެއްގައި އަޅުގަނޑުމެންގެ ސަރުކާރު އޭރު ޕޮލިޓިކަލް ޕަވަރގައި ނޫނިއްޔާއި ސިޔާސީ ބާރުވެރިކަމުގައި އޮތްއިރުގައި މަޖްލީހުގެ ބާރެއް ނެތުމުން، އޮތް އިރުގައިވެސް އަޅުގަނޑު ވީ ވަޢުދާ އެއްގޮތަށް އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާގައި އޮތް ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓައިލައިގެން ފެށި މަސެއްކަތް އެއީ އޭގެ ނަތީޖާ ހަމައެކަނި ފެންނާނީ ރަގަޅަށްކަން މި ހުރިހާ ތަންތަނުގެ ވެރިން ވިދާޅުވަމުން އައީ.  

އިރާދުކުރެއްވިއްޔާ އެކަން އެދަނީ އެގޮތަށް. ވަރަށް ފަސޭހަވީސް ހަމަ ކުރިންވެސް އެކަން ކުރިގޮތަށް މިދިޔަ ސަރުކާރުން އަދި އަމުދުން ދުވަހަކުވެސް ރާއްޖޭގެ ތާރީޚުގަ ނުކުރާވަރަށް ފައިސާ ޗާޕުކުރެއްވި ސަރުކާރެއް އެއީ. އަޅުގަނޑު ވަރަށް ގިނައިން އެވާހަކަ ދެއްކިން. ވަރަށް ގިނައިން އެވާހަކަ ދެއްކިން. އޭގެ ކުރީގަ 40 އަހަރު ކުރިހާ އަދަދަށްވުރެވެސް ގިނަކަން، އެގޮތަށް ކޮށްލެވުނީސް ވަރަށް ފަސޭހައިން. އެއީ އެންމެ އީޒީ ރޫޓް. އެންމެ ފަސޭހަ މަގު، އެހެންނަމަވެސް އިޚްލާސްތެރިކަމުގެ މަގެއް ނޫން އެއީކީއެއް. އެއީ ޝޯޓްކަޓެއް. އެހެން ނަމަވެސް ގޮސް ނިމޭނީ އަނެއްކާ އެއަށްވުރެ ފުން އަނދަވަޅަކަށް.  

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

މިއަދު އޮންލައިން