ރައްޔިތުން މިހާރު ނިންމުންތައް ނިންމަނީ ވަރަށް ވިސްނުންތެރިކަމާއެކު- އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްދިއުން: ރައީސް ޑރ. މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
ރައްޔިތުން މިހާރު ނިންމުންތައް ނިންމަނީ ވަރަށް ވިސްނުންތެރިކަމާއެކު- އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްދިއުން: ރައީސް ޑރ. މުޢިއްޒު

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް މަރްޙަބާ ދަންނަވާލަން ބޭނުންވަނީ މިރޭ އަޅުގަނޑުމެންނާ މި ގުޅިވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ. ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަރަށް ބޮޑަށް މަރްޙަބާ ދަންނަވަން. އާދެ، ދިވެހި ރައްޔިތުން ރާއްޖޭގެ ކަންކަން އިސްލާޙްގެ މަގުން ގެންދިޔުމަށްޓަކައި ނިންމުންތައް ނިންމަވަނީ ވަރަށްވެސް ވިސްނުންތެރިކަމާއި އެކުކަން އަޅުގަނޑުމެންނަށް މިވަނީ ހާމަވެފަ.  

މިދިޔައަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގަ ދިވެހިން ނިންމެވީ ރާއްޖޭގެ ކަންކަން ބޮއްސުން ލައިގެން ގޮސް ހަމަ މަގުން ނެއްޓި، މިނިވަންކަން ބީވެގެން ގޮސް އިޤްތިޞާދު  ފުން އަނދަވަޅަކަށް ވެއްޓިފައި އޮތުމުން ދިވެހިންގެ ރާއްޖެއަށް ދިއުމަށް. ދިވެހީންގެ ރާއްޖޭގެ މަގު ދިވެހި ރައްޔިތުން އިޚްތިޔާރު ކުރެއްވީ. އެ މަގުގައި ދިވެހީންގެ ރާއްޖޭގެ މަސެއްކަތް، ދިވެހި ރައްޔިތުން ނިންމެވި ގޮތަށް އަޅުގަނޑުމެން ފެށީ.

އަދި އެ މަސެއްކަތް ކުރަމުން ދިޔައިރުގައި އެތައް ގޮންޖެހުންތަކެއް، ޚައްސަގޮތެއްގައި އޭރުގަ އޮތް ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ކުރިމަތި ކުރަމުން ދިޔަ. އެއީ އަޅުގަނޑުމެންގެ މާ ދުރުނޫން މާޒީއެއްގަ ފެންނާން އޮތް ތެދު ޙަޤީތަތް. ނަމަވެސް އަޅުގަނޑުމެންގެ އެކުވެރި، އަޅުގަނޑުމެންގެ ހީވާގި ލީޑަރޝިޕްއަށް އަޅުގަނޑުމެންގެ ޢިއްޒަތްތެރި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް، އަދި ވަކިން ޚައްސަކޮށް އޭރުގަ އެކަން ހިނގަމުން ދިޔަގޮތް ކަމުނުގޮސްގެން ދިވެހި ރާއްޖެއަށް އެންމެ ރަނގަޅުގޮތް ޚިޔާރުކުރައްވާ، އަޅުގަނޑުމެންނާ އޭރުގަ ރައްޔިތުންގެ މަޖްލީހުން ގުޅިވަޑައިގެންނެވި އެމް.ޑީ.ޕީ ގެ އެތައް ރައްޔިތުންގެ މަޖްލީހުގެ މެންބަރުންނަށް، އަޅުގަނޑު އެބޭފުޅުންނަށް މިއަދުވެސް އެކަމަށްޓަކާ ޝުކުރު ދަންނަވަން. މި ހުރިހާ ބޭފުޅުންގެ މަސެއްކަތުން އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބާއި ހަމައަށް ދެވުނު.  

ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައިވެސް އަޅުގަނޑު ދެއްކީ ހަމަ ރައްޔިތުންގެ ގާތުގަ ރިޔާސީ އިންތިޚާބުގަ ދެއްކި ވާހަކަ. އަޅުގަނޑު މިއަދުވެސް ޝުކުރު އަދާކުރަން ބޭނުން ރައްޔިތުންނަށް، މީގެ ދެމަހެއްހާ ދުވަސް ކުރިން މިތާ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އަޅުގަނޑު ހަމަ ޝުކުރު ދެންނެވި ގޮތަށް. ދިވެހީންގެ ރާއްޖޭގެ އެ މާތް މަޤްޞަދު، އެ މަންޒިލަށް ދިއުމަށްޓަކާ އެ ފެށި ދަތުރުގައި ރައްޔިތުންގެ މަޖްލިސް އެއީ އެ މަސެއްކަތަށް ވަރަށް މުހިއްމު ދައުރެއް އަދާކުރަންޖެހޭ، އަދާ ކޮށްދެވިދާނެ ތަނެއްކަން ރައްޔިތުން ޤަބޫލުކުރައްވާ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މަޖްލީސް މެންބަރުން ހޮއްވަވާދެއްވި ކަމަށްޓަކައި މިއަދުވެސް ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފައްފަށުން ޝުކުރު ދަންނަވަން. ޝުކުރިއްޔާ ދިވެހީން.

އާދެ، މިހާރު މިވަނީ މަސެއްކަތް ފެށިފަ. އަޅުގަނޑު އެދުވަހުގައިވެސް ދެންނެވިން މީގެ ދެމަސް ކުރިން މިތާ ބޭއްވުނު ބައްދަލުވުމުގަ، ދެންއޮތީ މަސެއްކަތް ބާރުމިނުގަ ކުރިއަށް ގެންދިއުމެވެ. އޭގެ ކުރިން އެދިޔަ މަސްތަކުގައި އަޅުގަނޑުމެންނަށް ކުރިމަތިކުރި އެތައް ގޮންޖެހުންތަކުގެ ސަބަބުން ނުކުރެވި ދިޔަ އެތައް ބައިވަރު ކަންތައްތަކެއް ހުރިކަމާއި، އެ ކަންކަން ހައްލުކޮށް އަރައިގަތުމަށްޓަކާ ކުރަންޖެހޭ މަސެއްކަތް ކުރުންކަން. 

- ޕީއެންސީ ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން