މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ރައިސް ޑރ.މުޢިއްޒު ފެއްޓެވި ރަނގަޅު ހުރިހާ ކަމެއް ކުރިއަށްގެންދަވާނަން: މޭޔަރު ޢާޒިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ރައިސް ޑރ.މުޢިއްޒު ފެއްޓެވި ރަނގަޅު ހުރިހާ ކަމެއް ކުރިއަށްގެންދަވާނަން: މޭޔަރު ޢާޒިމް

މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ރަނގަޅު ހުރިހާ ކަމެއް ކުރިއަށްގެންދަވާނެކަމަށް މާލެ ސިޓިގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން މޭޔަރު ޢާޒިމް ވިދާޅުވީ "އަޅުގަނޑުގެ އަމާޒަކަށްވީހަމަ އޭރުގަ ރައީސް މުޢިއްޒު ހުންނަވައިގެން ފެއްޓެވި މަސައްކަތްތައް ހަމަ، ރަނގަޅު ހުރިހާ މަސައްކަތެއް އެ އޮތްގޮތަށް ކުރިއަށް ގެންދާނެ. އެއީ ކައުންސިލާ ރައްޔިތުންގެ ފައިދާއަށް ކޮށްފަ ހުންނަ ކަންތައްތައް. އަޅުގަނޑަށް އޮތީ އެ އިމްޕްލިމަންޓުކުރުން. އަޅުގަނޑުމެން މިޤައުމުގަ ވިސްނަން އެބަޖެހޭ ވަކި މީހަކު ކުރި މަސައްކަތެއްވީމަ ހުއްޓާލާފަ ވަކި މީހަކު ކުރިކަމެއްވީމަ ނުކޮށް ތިބުން އެ ސަގާފަތް ދޫކޮށްލަން. އެހެންނޫނީ ރައްޔިތުންގެ އެތައް ވަގުތެއް ގެއްލި ރައްޔިތުންގެ އެތައް ބައިވަރު ފައިސާތަކެއް ބޭކާރު ވެގެން އެބަދޭ." ކަމަށެވެ.

ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިވަގުތު ދަތިކަމެއް ނެތްކަމަށާއި ނަމަވެސް އިތުރަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާ ބައެއްކަންކަން ހުރިކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، މިހާތަނަށް މަސައްކަތްކުރެވިފައިވަނީ ސަރުކާރާ ވަރަށް ގުޅިގެންކަމަށެވެ.

މިއަދު އޮންލައިން