ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޙައްޖުވެރިންގެ ހާލު ބައްލަވާލައްވައިފިއެވެ.
އެމަނިކުފާނު ދިވެހި ޙައްޖުވެރިންގެ ހާލު ބެއްލެވީ މިއަދު ފޯނުން ގުޅުއްވައެވެ.
ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ހުރިހާ ޙައްޖުވެރިންނަށް ރައީސް ވަނީ ފޮނުއްވަވާފައެވެ. އަދި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެމަނިކުފާނު އެދެވަޑައިގެންނެވިއެވެ.