ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ރައީސް ޑރ.މުޢިއްޒު ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވައިފިއެވެ.

މީސް މީޑިއާގެ މަންސައެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މިރޭ ކުރެއްވި ޕޯސްޓުގައި، ޙައްޖުދުވަހަކީ އަހަރުގެ އެންމެ ބަރަކާތްތެރި އެއް ދުވަސް ކަމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ﷲގެ ރުއްސެވުމާ، ފުއްސެވުމާ، މަދަދުން ފުރިގެންވާ މި ދުވަހުގެ ބާއްޖަވެރިކަން ދިވެހި ލޮބުވެތި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައިވެއެވެ.

މިއަދު އޮންލައިން