މާލެ ސަރަހައްދުގެ 6 ތަނެއްގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
މާލެ ސަރަހައްދުގެ 6 ތަނެއްގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވަނީ

މާލެ ސަރަހައްދުގެ 6 ތަނެއްގައި އަޟްހާ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ އަންވަރު ހަސަން ވިދާޅުވީ، އަޟްހާ ޢީދު ބޮޑު ޖަމާޢަތް 6 ސަރަހައްދެއްގައި އޮންނައިރު މާލެ ސަރަހައްދުގެ 28 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރުން ކުރިއަށްދާނެ ކަމަށެވެ.

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން މާލޭގައި ހަމަޖެހިފައިވާ ތަންތަނަކީ، މާފަންނު ސްޓޭޑިއަމާއި، އިސްލާމީ މަރުކަޒާއި މައިދާން ސަރަޙައްދު، މަސްޖިލް މަލިކި ސަލްމާން މިސްކިތާއި މިސްކިތުގެ މާބްލް ސަރަޙައްދުގައެވެ.

ބޮޑު ޖަމަޢާތަށް ދާ ފަރާތްތަކުން ގެއިން ތައްޔާރުވެގެން ދިއުމަށާއި ގޮނޑީގައި ނަމާދު ކުރާ ފަރާތެއް ނަމަ ގޮނޑި ހިފައިގެން ދިއުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

 

މިއަދު އޮންލައިން