ސަޢުދީގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ޙައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މިއާއެކު މިއަހަރުގެ ޙައްޖުގެ ކަންކަމުގައި ރާއްޖޭގެ ޙައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ޙައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރައްވާނެއެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދެއްވުމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ނިންމަވާފައެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވައި` ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
ސަޢުދީގައި ކިޔަވަންތިބޭ ދިވެހި ދަރިވަރުން އަންނަނީ ކޮންމެ އަހަރުވެސް އަންނަނީ އެކުދިންނަށް ފުރުޞަތުލިބޭ މިންވަރަކުން ޙައްޖުވެރިންނަށާއި ޢުމުރާއަށް ދާ މީހުންނަށް އެހީތެރިވަމުންނެވެ. ރަސްމީ ޙައިޞިއްޔަތެއް ލިބިގެން ޚިދުމަތް ކުރަން ފެށުމުން އިތުރަށް ކަންކަން ފުރިހަމަވެގެންދާނެކަމަށް ބެލެވެއެވެ. އިން ޝާ ﷲ