ސްޓޫޑެންޓް ލޯނު ލިބޭ ކުދިންގެ ލިސްޓް ހާމަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 47ސ
ސްޓޫޑެންޓް ލޯނު ލިބޭ ކުދިންގެ ލިސްޓް ހާމަކޮށްފި

މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓް ލޯން ސްކީމުން ލޯން ހަމަޖެހުނު ދަރިވަރުްގެ ނަންތައް އިއުލާންކޮށްފި އެވެ.

މިކަމާގުޅިގެން ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ލިސްޓަށް ބަލާއިރު މަތީ ތަޢުލީމު ޙާސިލްކުރަން ސަރުކާރުންދޭ ލޯނަށް އެދި 1709 އެޕްލިކޭޝަން ލިބިފައިވާއިރު މީގެ ތެރެއިން ލޯނަށް ޝަރުޠު ހަމަވަނީ 1153 ދަރިވަރުންނެވެ. އަމި އަހަރުގެ ލޯނު ސްކީމުން މިހާތަނަށް "ސެލެކްޓް" ވެފައިވާ ދަރިވަރުންގެ އަދަދަކީ 1،015 އެވެ.

މީގެއިތުރުން ލޯނަށް އެދި ހުށައެޅި ދަރިވަރުންގެ ތެރެއިން ޕައިލެޓުކަން ކިޔެވުމަށް 148 ދަރިވަރުން ހުށައެޅި ކަމަށާއި ނަމަވެސް ރާއްޖޭގެ ފްލައިން ސްކޫލުގެ ކެޕޭސިޓީއަށް ބެލުމަށްފަހު ޕައިލެޓްކަން ކިޔެވުމުގެ ފުރުޞަތު ދީފައިވާނީ މެރިޓް އުޞޫލުން ބަލާ އެންމެ މަތިން މާކްސް ލިބުނު 10 ދަރިވަރުންނަށް ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ. 

 

މިއަދު އޮންލައިން