އަމީރުލް ޙައްޖު، ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ޙައްޖަށް ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
އަމީރުލް ޙައްޖު، ތަޢުލީމީ ވުޒާރާގެ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ޙައްޖަށް ފުރާވަޑައިގެންފި

މިއަހަރުގެ ޢަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމޫރިއްޔާ ކަނޑައަޅުއްވާފައިވާ، ތަޢުލީމީ ވުޒާރާގެ ވަޒީރު، ޑރ. އިސްމާޢިލް ޝަފީއު ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ފުރާވަޑައިގެންފިއެވެ.

ވަޒީރު ޑރ. ޝަފީޢު ފުރާވަޑައިގެންނެވީ މިއަދު ހަވީރު ސައުދީ އެއާލައިންގެ ފްލައިޓެއްގައި ދިވެހި ޙައްޖުވެރިންގެ ފަހު ގުރޫޕާއެކުއެވެ.

 

ޢަމީރުލް ޙައްޖުގެ ގޮތުގެ ގޮތުގައި ފުރާވަޑައިގެންނެވުމުގެ ކުރިން ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު ދިވެހި ހުރިހާ ޙައްޖާޖީންގެ ހާލުވެސް ރަނގަޅުކަމަށާއި ޙައްޖުވެރިންގެ ކަންކަން ވަނީ އިސްލާމިކް މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ވަރަށް ފުރިހަމައަށް އިންތިޒާމްކުރެވިފައިކަމަށެވެ. 

އަމީރުލް ޙައްޖުގެ ހައިސިއްޔަތުން ދިވެހި ޙައްޖުވެރިންގެ އެންމެހާ ކަންކަން ބަލަހައްޓަވާނީ ޑރ. ޝަފީޢުގެ ބެއްލެވުމުގެ ދަށުންނެވެ. 

- ޚަބަރު: އިސްލާމިކް މިނިސްޓްރީ

 

މިއަދު އޮންލައިން