ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 180 މީހަކަށް އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 41ސ
ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 180 މީހަކަށް އެހީ ދީފި

ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 180 މީހަކަށް އެހީތެރިކަން މޭމަހު އެހީ ދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ.

ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ ދީފައިވާގޮތުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައިވާއިރު ހިސާބުތަކުން ދައްކާގޮތުން މައިގަނޑު 4 ކަމަކަށް ޒަކާތު ފަނޑުން ވަނީ އެހީ ދީފައިވެއެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށެވެ. އަދި އެހިނެހެން ބޭނުންތަކަށްވެސް ޒަކާތު ފަންޑުން އެހީ ދީފައިވެއެވެ..

ޒަކާތު ފަންޑުން ކެންސަރަށް ފަރުވާކުރުމަށް 454،574 ރުފިޔާ ދީފައިވާއިރު ހިތުގެ އޮޕަރޭޝަންކުރުމަށް 67،848 ރުފިޔާ ދިފައިވެއެވެ. ކިޑްނީ ބަލިތަކަށް 89،050 ރުފިޔާ ދީފައިވާއިރު ސިކުނޑީގެ އޮޕަރޭޝަންތަކަށް 72،088 ރުފިޔާ ވަނީ ދީފައެވެ. އަދި އެހެނިހެން ބަލިތަކަށް 619،113 ރުފިޔާ ވަނީ ދީފައެވެ.

 

މިއަދު އޮންލައިން