އަމިއްލަ ފަރާތަކުން އިހަވަންދޫގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނި މިސްކިތް ޢިމާރާތްކުރުމަށް ޚަރަދުކުރަނީ އަމިއްލަ ފަރާތަކުންކަމަށާއި އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިމިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އާސިމްއެވެ.