ގައިންގަޔަށް ނާރާ ބަަލިތައް ޖެހެން ދިމާވާ އެއް ސަބަބަކީ ހެލިފެލިވެ އުޅުން މަދުވުމުން ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވީ ކުޅިވާރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއާއި ޔުނިސެފުން ގުޅިގެން ބޭއްވި ތިން ވަނަ ވަށްމޭޒު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގައިންގަޔަށް ނާރާ ބަަލިތައް ޖެހެން ދިމާވާ އެއް ސަބަބަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ހެލިފެލިވެ އުޅުން މަދުވުންކަމަށެވެ. އެގޮތުން ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ވަޒީފާ އަދާކުރަންޖެހޭ ގޮތުން އިށީނދެ ގިނަ ވަގުތު ތިބުމުން ބަރުދަން އިތުރުވުމާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ފަލަވުން، ހަކުރުބަލި، ލޭމައްޗަށް ދިއުން، ކެންސަރު ފަދަ ބަލިތަކަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެވިއްޖެ ނަމަ ކޮންޓްރޯލް ކުރެވޭނެ ބަލިތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި، ޔުނިސެފުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއި ވަނީ ޞިއްޙީ ކަންކަމަށް ކުރާ ހޭދަ އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހެލިފެލިވެ އުޅުމުގެ މުހިންމުކަން އޭނާ ވެސް ވަނީ ފާހަގަކުރައްވާފައެވެ.