241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިޚާބުކޮށްފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 37ސ
241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިޚާބުކޮށްފި

241 ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް، ކޮމިޓީން އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ފާސްކުރީ މިއަދުގެ ޖަލްސާގަ އެވެ. އެއަށް ފަހު، މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބުކުރަން ކޮމިޓީތަކުން މިއަދު ބައްދަލުވުންތައް ބޭއްވިއެވެ.

އެގޮތުން 241 ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އިންތިހާބުކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑަައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ފަލާހް އިންތިހާބުކުރީ ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.

މިއަދު އޮންލައިން