ދިވެހިންނަކީ އަބަދުވެސް ފަލަސްޠީނުގެ ރައްޔިތުންނާއިއެކު ދެމިތިބި ބައެކެވެ. ވެވުނު ވަރަކުން ފަލަސްޠީނުގެ ރައްޔިތުންނަށް އެޙީތެރިވަމުން އަންނަ ބައެކެވެ. އެހެންކަމާއިއެކުވެސް ރާއްޖޭގެ ތާރީޚަށް ބެލިނަމަވެސް ފަލަސްޠީނު ރައްޔިތުންނަށްޓަކައި ވަޒީރުންގެ މަޖިލީހުން މިއަދު ނިންމިފަދަ ވަރުގަދަ، އެހާގިނަ ކަންތައްތަކެއް ހިމެނޭ ނިންމުމެއް ނިންމާފައެއް ނެތެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަންހާމަ ކުރައްވައި ތަފްޞީލްދެއްވަމުން ހޯމް މިނިސްޓަރު ދެއްކެވި ވާހަކަފުޅު:
އާދެ އިނގި ވަޑައިގަންނަވާނެ ރައީސުލް ޖުމްހޫރިއްޔާ އަދުގެ ޖަޢާމަތާ ހަވާލުވުމުގެ ކުރިންވެސް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދޭތެރޭ ހިންގަމުން ދާ ލާއިންސާނީ ޢަމަލުތަކާއި މެދުގަ ކަންބޮޑުވުން ފާޅުކޮށް، ދިވެހިރާއްޖޭގެ މިހާތަނައް ނުނަގާ ސްޓޭންޑަޑްތައް ނަންގަވަމުން އެވާހަކަ ރައީސް ގެންދެވީ އެކިއެކި ޕްލެޓްފޯމް ތަކުގައި ދައްކަވަމުން-
އެގޮތުގެމަތިން އެ މެސެޖްތަކުގެ އިތުރަށް ދައުލަތުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅުގަނޑުމެން މިދަނީ ދިރާސާކޮށް އަޅަމުން. އެގޮތުން މިއަދު ވަޒީރުންގެ މަޖްލީހުގައި ވަނީ މި ދެންނެވި މައްސަލައިގައި ދިވެހިރާއްޖެއިން ޢަމަލުކުރާނެ ބައެއް ގޮތްގޮތް، ކަންތައްތައް ކަނޑައަޅުއްވާފަ.
އޭގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް މިއަދު ވަޒީރުންގެ މަޖްލީހުން ވަނީ ނިންމަވާފަ. އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކާ ވަޒީރުންގެ މަޖްލީހުގެ ކޮމެޓީއެއްވެސް ވަނީ އައްޔަން ކުރައްވާފަ.
މި ކޮމެޓީގައި ހިމެނި ވަޑާއިގަންނަވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑާއި، ފޮރިންގ މިނިސްޓަރާއި، އެޓާރނީ ޖެނެރަލްއާއި، އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރާއި، މިނސްޓަރ އޮފް ޓޫރިޒަމް އާއި އަދި އޭގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް.
މީގެ އިތުރުން ފަލަސްތީނާއި އިޒްރޭލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެނެގަތުމާއި، އަޅުގަނޑުމެން މިހާތަނަށް ނެތް ފަލަސްތީނާއި ވާހަކަ ދައްކާފަ ރާއްޖޭގެ ފަރާތުން ކޮން ކަމެއްތޯ ފަލަސްތީނަށް ބޭނުންވަނީ. މި ކަންކަން ދެނެގަތުމަށްޓަކާ ރައީސުލް ޖުމްހޫރިއްޔާ ހާއްސަ އެމް.އޯ.އީ އެއް ކަނޑައެޅުމަށް ވަނީ މިއަދު ނިންމަވާފަ.
އޭގެ އިތުރަށް ޔޫ.އެން. ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުން، އެފަރާތްތަކަށް އެހީތެރިކަން ފޯރު ކޯށްދިނުމަށްޓަކާ ރާއްޖޭގައި ފަންޑް ރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުމަށްވެސް ވަޒީރުންގެ މަޖްލީހުން ވަނީ މިއަދު ނިންމަވާފަ.
އޭގެ އިތުރުން "ފަލަސްތީނާއިއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަންވެސް ވަނީ ނިންމަވާފަ. އަދި އެންމެ ފަހުކަމަކަށް ދިވެހި ރާއްޖެއިން އިސްނަންގަވައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކާ އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް ރައީސް އަދި ކެބިނެޓުން މިއަދު ވަނީ ނިންމަވާފަ.
އެހެންމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ރައީސުލް ޖުމްހޫރިއްޔާ މި މަޤާމާ ހަވާލުވެ ވަޑައިގަތުމަށް ފަހުގައި މި އެސްކަލޭޝަން ވަރަށް ގާތުން އަޅުގަނޑުމެން މިދަނީ މޮނީޓަރ ކުރަމުން. އަދި އަޅުގަނޑުމެންނަށް ލިބޭ ހުރިހާ ފުރުސަތެއްގައި އެ މެސެޖްތައް އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް މިދަނީ ދެމުން. އަޅުގަނޑުމެން މިހާރު މިނަގާ ސްޓޭންޑަކީ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންތަކެއްވެސް އެދޭ އެދުންތަކެއް. އަޅުގަނޑުމެން ރައީސުލް ޖުމްޙޫރިއްޔާއާ ހިސާބަށްވެސް އެކިއެކި ޕްލެޓްފޯމް ތަކުގެ ޒަރިއްޔާއިންވެސް، ވަކިން ބައްދަލު ކޮށްފަވެސް މި މެސެޖްތައް ރައްޔިތުން ވަނީ އަރުވާފަ.
ރައީސުލް ޖުމްހޫރިއްޔާ މަސެއްކަތް ކުރައްވަން ބޭނުންފުޅުވަނީ، އަދި ދިވެހި ރާއްޖޭގެ މިސްރޫބު މިއަދު މި ހުރީ ރައްޔިތުން އެދޭގޮތަށް ކަންކަން ނިންމުމަށް. ރާއްޖޭގެ ސްޓޭންޑްތައް ނަގަނީ އާ ސްޓޭންޑަޑަކަށް. އެހެންމަ މިއަދުގަ މި ނެންގެވި ސްޓޭންޑަކީ އަޅުގަނޑުމެން އިންސާނިއްޔަތަށްޓަކާ ނިންމާ ނިންމުމެއް. އިސްލާމީ، އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންނަށްޓަކާ ނިންމާ ނިންމުމެއް. އެހެންމަ މި މައުލޫމާތު އަޅުގަނޑުމެން ހިތައްއެރީ މިއަދު ހަމަ ޕްރެސްއާ ހިއްސާ ކޮށްލާނަމޭ.
އަޅުގަނޑުމެން ޕަރެސް ކޮންފަރެންސް ގެންދަން މި ޚިޔާލު ކުރަނީ ޢަސުރު ނަމާދު ވަގުތާޖެހެންދެން. ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް، އެހެންނަމަވެސް ހަމަ އެވަގުތު ކޮޅު ތެރޭގައި އަޅުގަނޑުމެންނަށް ނޫސްވެރިންނަށް އޮތް ސުވާލަކަށް އަޅުގަނޑުމެން ޖާވާބު ދޭނަން އިނގޭތޯ.
· މިއަދު ތި ފާސްކުރި ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުން، މިހާރު މަޖްލީހަށް އެބަވޭ ހުށައަޅާފަ ބިލެއް އިދިކޮޅު މެންބަރުން. އެ ބިލަށް މަޖްލިހުން މިހާރު މިއޮތް ސަރުކާރުގެ ސުޕަރ މެޖޯރިޓީއިން ތާއީދު ކުރާނެތޯ ފުރަތަމަ ކަމަކަށް، ދެން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްޙޫރިއްޔާވެސް އެބަދޭ ރާއްޖެ އެތެރެވާ މީހުން އަދި އެތެރެވުން މަނާ ކުރުމުގެ ބާރު. އެތެރެވާ މީހުންނާ އެތެރެ ނުވާ މީހުން ކަނޑައެޅުމުގެ ބާރު. މިގޮތަށް ކީއްވެތޯ ރައީސުލް ޖުމްޙޫރިއްޔާ ޤަރާރެއް ނެރުއްވާފަ މިވަގުތުން ވަގުތަށް އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާ ނުކުރެއްވީ؟
ފުރަތަމަ ސުވާލަށް، މަޖްލީހުން ކަންކަން ނިންމެވުމަށް އަޅުގަނޑުމެން ސަރުކާރަކުން ވަކި ގޮތަކަށް މަޖްލީހުގެ ނިންމުން ނިމްމޭނީ މިހެންނެކޭ ދަންނަވާކަށް ނޭންގެ. އަޅުގަނޑުމެން މި ދެންނެވި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙް ގެނައުމަށްޓަކާ ވަރަށް އަވަހަށް މަޖްލީހަށް ހުށައަޅާނަން. އާދެ، އަޅުގަނޑުމެން އެ ބިލް ދިރާސާ ކޮށްފަ އެއަށް ޖަވާބެއް ދޭން އިނގޭނި. އަޅުގަނޑުމެންގެ ސްޓޭންޑަކީ. ފަހަރެއްގަ ހަމަ ވެދާނެ އަޅުގަނޑުމެން އެލައިން ވާންޖެހެނީ އެއާ ކަމަށްވެސް އިނގޭތޯ. އަޅުގަނޑުމެން އިސްތިސްނާއެއް ނުކުރާނަން މިވެނި ބޭފުޅަކު މިވެނި މެންބަރަކު ހުށައެޅި ހުށައެޅުމަކަށް. އަޅުގަނޑުމެން ބޭނުންވާ އޮބްޖެކްޓިވް ޙާސިލް ކުރަން މަސެއްކަތް ކުރާނީ އިނގޭތޯ.
ދެން ދެވަނަ ސުވާލުގަ ކީއްވެގެންތޯ ސީދާ، މިހާރު ރާއްޖޭގެ ޤާނޫނުތައް އޮތްގޮތުން މިކަން ކުރެވެންއޮތްކަމަށް ދައުލަތުގެ އެޓާރނީ ޖެނެރަލްވެސް ލަފާ އަރުވަނީ، ބައިނަލް އަޤްވާމީގޮތުންވެސް އެބަހުރި ސީދާ ވަކިވަކި ޤައުމުތަކުގެ ނަންތައް ކަނޑައަޅާފަ، ޤާނޫނީގޮތަށް މިގޮތަށް މާނަކޮށް ރެސްޓްރިކްޝަންތަކެއް ނާޅަންވެސް ބާރު އަޅާފަ އިނގޭތޯ. އެހެންމަ އަޅުގަނޑުމެންނަށް މިކަން ކުރެވޭނެ، ޤާނޫނީގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތުން އަޅުގަނޑުމެން ބަލަނީ ޤާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަން ތަކަށް ރާއްޖޭގެ އެންޓްރީއަށް. އެހެންމަ އެޤާނޫނުތައް އަޅުގަނޑުމެން ދިރާސާކޮށް އެއަށް މި ބަދަލުތައް ގެންނަނީ އަޅުގަނޑުމެން މި ރެކޮމެންޑް ކުރަނީ އިނގޭތޯ. އަޅުގަނޑުމެންގެ އޮބްޖެކްޓިވްސް އަކީ ދެންމެވެސް މި ދެންނެވިހެން ދެން ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކާ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
· މި މައްސަލައަކީ ނަވާރަސްތޭކައިގެ އަހަރުތަކުގައި އައިސްފައޮތް މައްސަލައެއް، އަދި ރައްޔިތުންގެ ކަންބޮޑުވުންވެސް އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ އަލަކަށެއް ނޫން. ކޮންމެވެސް ވަރެއްގެ އުއްމީދެއް އާވެގެންދާނެފަދަ ނިންމުމެއް ކެބިނެޓުން ތި ނިންމެވީ، އެހެންނަމަވެސް މީގެ ނަތީޖާ އަޅުގަނޑުމެންނަށް މުހިއްމީ. ކިހާ ދުވަހެއްގެ ތެރޭގަ އިޒްރޭލްގެ ޕާސްޕޯރޓް ބޭން ކުރެވިދާނެ ކަމަށް ޤަބޫލުކުރެވޭތޯ؟
އަޅުގަނޑުމެންނަށް ސަރުކާރުން ކުރަންޖެހޭ މަސެއްކަތް ހަމަ މިހިނދުން ފެށިގެން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފަވަނީ. އެހެންމަ އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ މި މާގިނަ ދުވަސްތަކެއް ނަގާނެކަމަކަށް އިނގޭތޯ. ދެންހަމަ ދެންމެ އާއިދުވެސް ފާހަގަކުރެއްވިހެން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ މެޖޯރިޓީއޮތް މަޖްލީހެއްވީމަ އަޅުގަނޑު ޤަބޫކުރަނީ ހަމަ ވަރަށް އަވަހަށް މިކަން ނިމިގެން ދާނެ އިނގޭތޯ.
އެންމެހާ ރައްޔިތުން ދިވެހި ސަރުކާރާއި އަދި އަދު ރައީސުލް ޖުމްހޫރިއްޔާއަށް ތި ކުރައްވާ އިތުބާރަށް ވަރަށް ބޮޑަސް ޝުކުރު އަދާކުރަން. އަޅުގަނޑުމެން އަބަދުވެސް ދިވެހި ރައްޔިތުންގެ އަޑު އަހާނެ. އަދުގެ ރައީސްއަކީ ދިވެހި ރައްޔިތުން ބޭނުންވާގޮތަށް ދިވެހިރާއްޖޭގެ ވެރިކަން ކުރައްވާނެ ރައީސްއެއް.
ވަރަށް ބޮޑަށްޝުކުރިއްޔާ
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު