50،000 ރުފިޔާއަށް ހައްޖުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 56ސ
50،000 ރުފިޔާއަށް ހައްޖުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަނީ!

50،000 ރުފިޔާއަށް ހައްޖުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

މިކަމާގުޅިގެން ހައްޖު ކޯޕަރޭޝަނުން ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވަނި ހައްޖަށް މީހުން ގެންދިއުމަށް މީހެއްގެ އަތުން މިހާރު ނަގަމުން އަންނަ 69،965 ރުފިޔާއަކީ ދިވެހި ރައްޔިތުންގެ އަތުން ނަގަންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުކުރައްވާ ކަމަށެވެ.

އަދި، އެ އަގު ކުޑަކުރުމަކީ ރައީސްގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަން ފާހަގަކުރައްވައި ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދައި އެ އަގު ހެޔޮ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށާއި އަމާޒަކީ އެންމެ ބޮޑު ވެގެން 50،000 ރުފިޔާއަށް ހައްޖަށްދާ މީހުންގެ އަތުން ނަގާ އަދަދު ކުޑަކުރުން ކަމަށެވެ.

ރައްޖެއިން ހައްޖަށް ގެންދިއުމުގެ އަގުގެ ގޮތުގައި އަމިއްލަ ބައެއް ކުންފުނިތަކުން މީގެކުރިން ވަނީ ގާތްގަނޑަކަށް 69،000 ރުފިޔާ އަށްވުގެ ގިނައިން ނަގަމުން ގޮސްފައެވެ.

މިއަދު އޮންލައިން