ސްޓެލްކޯގެ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރުތެރޭގަ ޖަވާބުދެނީ-

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
ސްޓެލްކޯގެ ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރުތެރޭގަ ޖަވާބުދެނީ-

ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތް ހޯދާ ކަސްޓަމަރުން އެކުންފުންޏަށް ހުށަހަޅާ ޝަކުވާތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދޭން މަސައްކަތްކުރަމުން ގެންދާ ކަމަށް އެކުންފުނިން ބުނެފިއެވެ. 

ޝަކުވާ ހުށަހަޅުއްވަން:

ފޯން: 7788438

މިނަންބަރަށް ވަޓްސްއެޕާ ޓެލްގްރާމުން ޝަކުވާ ހުށަހެޅޭނެ!

އީމޭލް: [email protected] 

ސްޓެލްކޯއިން އެދެމުން އަންނަނީ ކަރަންޓްބިލާއި ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެޗަކުވާއެއް ހުށަހެޅުމަށެވެ. އެއިރުން އެބިލެއްގެ މައްސަލަ ބަލައިދޭނެކަމަށްވެސް ވަނީ ބުނެފައެވެ. 

ކަރަންޓްބިލަށް އާދައާޚިލާފަށް އިތުރުވާނަ (ބިލްބޮޑުވާނަމަ) ބިލްފޮނުވުމުގެ ކުރިން ސްޓެލްކޯގެ ސްޕަވައިޒަރުން އިތުރަށް އެގެއަކަށް ގޮސް ރީޑިންގ ޗެކްވެސް ކުރެއެވެ. ކޮންމެ ބިލެއް ފޮނުވުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލައެވެ. 

މިއަދުނޫހަށް މަޢުލޫމާތުދިން ބައެއް ގޭގެއިން ބުނެފައިވަނީ ކުރީ އަހަރާއި އަޅާބަލާއިރު މިއަހަރުގެ އެޕްރިލްމަހާއި މޭމަހުގެ ކަރަންޓްބިލް ނިޞްބަތުން ކުޑަކަމަށެވެ. އަނެއްބައި ގޭގެއިން ބުނެފައިވަނީ ބިލް ބޮޑުނުވާކަމަށާއި ދާދި އެއްވަރު ކަމަށެވެ. 2 ގެއަކުން ބުނެފައިވަނީ ބިލްބޮޑުވި ކަމަށާއި ނަމަވެސް އިތުރު އޭސީ މިހާރު ބޭނުންކުރާކަމަށެވެ.

 

މިއަދު އޮންލައިން