މިއަހަރު ހައްޖައްދާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރައިފިއެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގެ 298 މީހުން ފުރީ މިއަދު މެންދުރު ފަހުއެވެ.
ހައްޖުވެ އަޅުކަމަށް ދާ ދެވަނަ ގްރޫޕް ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. އެ ދުވަހު 353 މީހުން ފުރާގޮތަށް ހަމަޖެހިފައިވާއިރު ފަހު ގްރޫޕް 339 މީހުނާއެކީ ފުރާނީ އަންނަ މަހުގެ 7 ވަނަ ދުވަހުއެވެ.
މި އަހަރު ހައްޖަށްދާ މީހުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ފޮނުވާ 1000 ފަގީރުންގެ ތެރެއިން މި އަހަރު ފޮނުވާ 50 މީހުން ވެސް ފުރާނެ އެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގަ އެވެ. އެއީ، އެހީތެރިން ނުލައި ޖުމްލަ 980 މީހުންނެވެ.