އދ. ފެންފުށީގައި ހުރި ގުދަނެއްގެ ފުރާޅާއި ބިއްގަނޑުގެ ގޮތުގައި ޖަހާފައި ހުރި ޓިނުތަކުގައި ދަބަރުޖަހައި ބައުވެފައިވާތީ، އެ ޓިނުތައް ނައްޓައި ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިވެއްޖެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މިއީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވާ ވަގުތުތަކުގައި އެތަނުން ބައެއް ޓިނުގަނޑުތައް ނެއްޓި، ވަޔާއި ވިއްސައިގެން ދިއުމާއި ގުޅިގެން މީހަކަށް ގެއްލުމެއް ލިބިދާނެ ކަމަށް ބަލައި ރަށު ކައުންސިލްގެ އެދުމުގެ މަތިން ސްޓެލްކޯގެ މުވައްޒަފުން ކޮށްދިން މަސައްކަތެއް ކަމަށެވެ.
ސްޓެލްކޯގެ މުވައްޒިފުންނަކީ ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެންވެސް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަން ފާހަގަކުރެވެއެވެ.
އދ. ފެންފުށީގައި ހުރި ގުދަނެއްގެ ފުރާޅާއި ބިއްގަނޑުގެ ގޮތުގައި ޖަހާފައި ހުރި ޓިނުތަކުގައި ދަބަރުޖަހައި ބައުވެފައިވާތީ، އެ ޓިނުތައް ނައްޓައި ރައްކާތެރިކަމާއިއެކު ބެހެއްޓުމުގައި މި ކުންފުނީގެ މުވައްޒަފުން ވަނީ ޙަރަކާތްތެރިވެފައި. މިއީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވާ… pic.twitter.com/LuSzN6yozV
— STELCO (@STELCOMALDIVES) May 30, 2024