މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޞިއްޙީ ބޮޑެތި ކާރިސާތަކާ ކުރިމަތިވަމުން: ވަޒީރު ޑރ. ޚަލީލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޞިއްޙީ ބޮޑެތި ކާރިސާތަކާ ކުރިމަތިވަމުން: ވަޒީރު ޑރ. ޚަލީލް

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޞިއްޙީ ބޮޑެތި ކާރިސާތަކާ ކުރިމަތިވަމުން ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

77 ވަނަ ވޯލްޑް ހެލްތު އެސެންބްލީގައި ތަގުރީރުކުރައްވަމުން ޑރ. ޚަލީލް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި އަސަރުތަކެއް ކުރަމުން އަންނަކަމަށާއި އެގޮތުން ރަށްގިރުމާއި ގާހުދުވުމުގެ މައްސަލަ ވަޒީރު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި މަސްވެރިކަމުގެ ސިނާއަތައް އަސަރުކުރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަންކަމުން އަރައިގަތުމަށް ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިއަދު އޮންލައިން