ސިޑްސްގެ ލަނޑުދަނޑިތައް ހާޞިލްކުރެވޭނީ، ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށްގެން: ރައީސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ސިޑްސްގެ ލަނޑުދަނޑިތައް ހާޞިލްކުރެވޭނީ، ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށްގެން: ރައީސް

ސިޑްސްގެ ލަނޑުދަނޑިތައް ހާޞިލްކުރެވޭނީ، ޤައުމުތަކުގެ ސަރުކާރުތަކުން އަމިއްލަ ވިޔާފާރިވެރިންނާއި ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ ހަވީރު އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމް 2024 ގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އެކި މައްސަލަތައް ހައްލުކުރުމުގައި ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އެކި ވިޔަފާރިތަކަށް، ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ސިޑްސްގެ ޤައުމުތަކުގެ ސަރުކާރުތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.

އަދި މުޖްތަމައު ބާރުވެރިކުރުވުމާއި ބާޒާރުގެ އާދަކާދަތައް ކަނޑައެޅުމުގެ އިތުރުން އީޖާދީ މަސައްކަތްތަކާއި ޓެކްނޮލޮޖީއަށް ބެލިކަމުގައިވިޔަސް ޤައުމެއްގެ އިޤްތިޞާދެއްގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ޕްރައިވެޓް ސެކްޓަރަށްކަމަށެވެ. އަދި ކުދި ޖަޒީރާ ޤައުމުތަކަށް ބަލާއިރު، ޕްރައިވެޓް ސެކްޓަރުގެ ދައުރުގެ މުހިއްމުކަން ބޮޑުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުތަކާއި ވިޔަފާރިތައް ގުޅިގެން ހިންގާ މަސައްކަތްތައް އިތުރުކޮށް، އިތުބާރު ދަމަހައްޓައިގެން އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވި މި ރަސްމިއްޔާތަކީ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޮރ ދަ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގ ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (އޯ.އެޗް.އާރް.އެލް.އެލް.އެސް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މިއަދު އޮންލައިން