ޒަކާތު ފަންޑުން މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 33ސ
ޒަކާތު ފަންޑުން މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ދީފި

މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ފިޠުރުޒަކާތުގެ ގޮތުގައި ޒަކާތުގެ ޙައްޤުވެރީންނަށް ދީފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހު 9.2 މިލިޔަން ރުފިޔާ ފިޠުރުޒަކާތުގެ ގޮތުގައި ޒަކާތުގެ ޙައްޤުވެރީންނަށް ދީފައިވާއިރު އަދި 4.8 ލައްކަ ރުފިޔާ މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި ޒަކާތު ހައުސްއިން ވަނީ ޚަރަދުކޮށްފައެވެ.

މިދިޔަމަހު ޒަކާތު ފަންޑުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ނިއުމޯނިއާއަށް ފަރުވާ ކުރުމަށާއި، ހަށިގަނޑުން ބައެއް ފިހުމުން ފަރުވާ ހޯދުމަށާއި، ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމަށް އަދި އެހިނެހެން ބޭނުންތަކަށްވެސް ވަނީ އެހީ ދީފައިވެއެވެ.

 

މިއަދު އޮންލައިން