ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަނީ

ރާއްޖޭގައި ޕޭޕެލްގެ ޚިދުމަތް ބޭނުންކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެމެރިކާ ސަރުކާރާއެކު މަޝްވަރާކުރަން ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ނަމަވެސް ރާއްޖޭގައި ޕޭޕެލް މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ބޭރުގެ ފަރާތަކަށް ފައިސާ ފޮނުވުމަށެވެ. ދިވެހިންނަށް ޕޭޕެލް މެދުވެރިކޮށް ފައިސާ ލިބިގަނެވޭނެ ނުވަތަ ރީސީވްވާނެ ގޮތެއް ނޯވެއެވެ. އެހެންކަމުން މިކަން ހައްލުކުރުމަށް އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހު އެމެރިކާއަށް ދަތުރެއްކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މި ދަތުރުގައި އެމެރިކާގެ އީ-ވޮލެޓުތައް ހިންގާ ކުންފުނިތަކާއެކު ރާއްޖެއަށް އެ ޤައުމުގެ އީ-ވޮލެޓުތައް ތަޢާރަފްކޮށް ބޭނުންކުރުމުގައި ހުރި ދަތިތައް ހައްލުކުރަން މަޝްވަރާކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕޭޕެލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. މި އެޕްލިކޭޝަން ދިވެހިރާއްޖޭގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރެއެވެ.

މިއަދު އޮންލައިން