މިއަހަރުގެ އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ޙަރަކާތެއް ހިންގުމަށް ނިންމަވާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ޙުސައިން ފަހުމީ ވިދާޅުވީ މި ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް28 ސަމިޓުގައި އިޢުލާން ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގާ ޙަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމްގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒިފުންވެސް މިޙަރަކާތުގައި ބައިވެރިވުމުގެ މުހިންމުކަންވެސް ޙުސައިން ފަހުމީ ވަނީ ފާހަގަކުރައްވައިފައެވެ.
ސްޓެލްކޯ އަކީ ޤައުމީ މިފަދަ ކޮންމެ ކަމެއްގައިވެސް އަމިއްލައަށް އިސްނަގައިގެން އެންމެ ކުރީސަފުގައި ޙަރަކާތްތެރިވާ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.