ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
ސައުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

ސައުދި އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަަޒީޒު ހޮސްޕިޓަލްގައި އެނދުމަތިކުރައްވައިގެން ފަރުވާ ދެއްވަމުން ގެންދަވާތީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސައޫދީ ރަސްގެފާނުގެ ސިއްޙަތާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާޢި މާތްﷲ، ސައުދީގެ ރަސްގެފާނަށް ރަނގަޅު ސިއްޙަތަކާއި ދިގު އުމުރެއް ދެއްވުމަށް ދުޢާ ކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ސަޢުދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައިވެސް ވަނީ ސައޫދީ ރަސްގެފާނުގެ ސިއްޙަތާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ސައުދީގެ ރަސްގެފާނަށް ފަރުވާ ދެއްވަނީ އެމަނިކުފާނު މިފަހުން އާލާސްކުފުޅުން ބޮޑުވެ ހުޅުތަކުގައި ރިއްސާތީއާއި ފުއްޕާމޭގެ ސިއްހީ މައްސަލަ ތަކަކަށެވެ.

 

މިއަދު އޮންލައިން