ޢަބްދުއްރަޙީމާއި، ނާޒިމްގެ ރިޔާސަތަކީ ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް, ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި މަޖިލީހުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމު ހަމަޖެއްސުމަށް ޕީއެންސީ އިން ނިންމުމާއި ގުޅިގެންނެވެ.
މަރުޙަބާ، ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު @Banafsaa އަދި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު @MP4Dhiggaru. މި ދެ ބޭފުޅުންގެ ރިޔާސަތުގައި ފެށިގެން މިދާ މަޖިލީހުގެ އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރަން. pic.twitter.com/3p2ecwfCMy
— Hussain Mohamed Latheef (@HucenSembe) May 22, 2024
މިއަދު ޕީއެންސީން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރ، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމު، ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހް، އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާޢު ގެ ނަން ރައީސް ޑރ. މުއިއްޒު ވަނީ ހުށައަޅުއްވާފައެވެ.